Male ge geyehga maruvefa othee footboalha kulhuntheriyaa Bagey
image
އިބްރާހިމް ރިޒުވާން-- ފޮޓޯ: ސޯޝަލް މީޑިއާ
1 ކޮމެންޓް
 

މާލޭގެ ގެޔެއްގައި މަރުވެފައި އޮތީ ފުޓްބޯޅަ ކުޅުންތެރިޔާ ބަގޭ

މާލޭގެ ގެއެއްގައި މިއަދު މަރުވެފައި އޮއްވާ ފެނުނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން (ބަގޭ) ކަން އެނގިއްޖެ އެވެެ.
މައްޗަންގޮޅި ގެއެެއްގެ ތެރޭގައި ބަގޭ މަރުވެފައި އޮއްވާ ފެނި ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 06:25 ގައެވެ.

އުމުރުން 33 އަހަރުގެ ބަގޭގެ ހަށިގަނޑު އެމްބިއުލާންސްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ބަގޭ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅެފައެވެ. އެންމެ ފަހުން ބަގޭ ކުޅެފައި ވަނީ މިދިޔަ ސީޒަނުގައި ވެލެންސިއާ އަށެވެ.

ބަގޭގެ މަރާއެކު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
މަރު ކުޅިވަރު
ހިޔާލު

ސާބަސް

އުމުރުން 33 އަހަރުގެ ބަގޭގެ ހަށިގަނޑު އެމްބިއުލާންސްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅުނުއިރު އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުނުއިރުވެސް މަރާގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފެށުނީ ކާކު އަންގައިގެން.