Midhiya haftha gai Male gai 31 accident hingi
image
މާލޭގައި އެކްސިޑެންޓެއް ހިނގާފައި-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިދިޔަ ހަފްތާގައި މާލޭގައި 31 އެކްސިޑެންޓް ހިނގި

މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި 31 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 10 އިން 16 ވަނަ ދުވަހާ ހަމައަށް މާލޭގައި 31 އެކްސިޑެންޓް ހިނގި އިރު، އޭގެ ތެރެއިން އަށް އެކްސިޑެންޓުގައި މީހުންނަށް އަނިޔާވި އެވެ.

އެކްސިޑެންޓުގެ އިތުރުން ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން އެއް މައްސަލަ ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި 18 އަހަރު ނުފުރޭ ކުދިން ވެހިކަލް ދުއްވި ހަތަރު މައްސަލަ އެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ހިޔާލު