Virgo 9 boat ge captain Raajje dhookoh dhiun manaakoffi
image
ވާގޯ 9 ބޯޓް--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އަދީބު ފިއްލަވަން މަސައްކަތް ކުރެއްވި ވާގޯ 9 ބޯޓުގެ ކެޕްޓަން ރާއްޖެ ދޫކޮށް ދިއުން މަނާކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލެވުމަށް މަސައްކަތް ކުރައްވަނިކޮށް އިންޑިއާ ފުލުހުން ހިފެހެއްޓި ޓަގް ބޯޓު، ވާގޯ ނުވައެއްގެ ކެޕްޓަން ރާއްޖެ ދޫކޮށްދިއުން ފުލުހުން މަނާކޮށްފި އެވެ.
ފުލުހުން ބުނީ، ޓަގު ބޯޓުގެ ކެޕްޓަންގެ އިތުރުން ޗީފް އިންޖިނިއަރު ރާއްޖެއިން ފުރައިގެން ދިޔުން މަނާކޮށް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ. އަދީބު ފިއްލެވުމަށް މަސައްކަތް ކުރެއްވި ޓަގް ބޯޓުގެ މައްސަލަ ފުލުހުންގެ އިދާރާއިން ބަލަމުންދާކަން އެ އިދާރާއިން ހާމަކުރީ މީގެ ދެހަފްތާ ކުރިންނެވެ.

ރާއްޖެއިން އިންޑީއާގެ ޓުޓްރިކޮންއަށް އަދީބު ވަޑައިގަތް ޓަގު ބޯޓު ވާގޯ 9 އަކީ ސިންގަޕޫރުގައި ރެޖިސްޓަރީ ކޮށްފައިވާ ބޯޓެކެވެ. މިމަހުގެ ފުރަތަމަ ދުވަހު އިންޑިއާގެ ފުލުހުން ވާގޯ 9 ބޯޓު އެބޯޓުގައި އަދީބުގެ އިތުރުން ނުވަ ފަޅުވެރިއަކު ތިއްބެވެ.

އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ އިންޑޮނޭޝިއާއަށް ނިސްބަތްވާ މީހުންނެވެ. ބާކީ ހުރި މީހަކީ އިންޑިއާގެ ރައްޔިތަކަށް ވާއިރު، އަދީބުގެ ރޭވުން ފަޅާއަރުވާލީ އޭނާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ވާގޯ 9 ޓަގު ބޯޓާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގެ ބޭނުމަށް އެ ބޯޓު ރާއްޖެ އައުމުން ހިފެހެއްޓުމަށް މޯލްޑިވްސް ކަސްޓަމްސް އަށް މިމަހުގެ ހަ ވަނަ ދުވަހު ފުލުހުން ވަނީ އަންގާފަ އެވެ. އަދި އެދުވަހުން ފެށިގެން ކަސްޓަމްސް ސާވިސްގެ ހުއްދަ ނެތި ޓަގް ބޯޓު ފުރުން ވަނީ މަނާކޮށްފައެވެ. މި މައްސަލައާ ގުޅިގެން ޓަގް ބޯޓުގެ އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ.

އަދީބު ފިއްލެވި ޓަގް ބޯޓަކީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ ރާއްޖެ މަޑު ކުރި ބޯޓެއް ކަމަށް ވެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަދީބު އެ ޓަގް ބޯޓަށް އެރީ، ބޭސް ފަރުވާ ފުރިހަމަ ކުރަން އަނބުރާ އިންޑިއާޔަށް ދަނީ ކަމަށް ބުނެ އެވެ.

އިންޑީއާ ފުލުހުން އަދީބު ހިފެހެއްޓުމާއެކު އޭނާ ވަނީ އިންޑިއާ ސަރުކާރުގެ ހިމާޔަތަށް އެދިފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އޭނާ ދިވެހި ސިފައިންނާއި ހަވާލުކޮށްފަ އެވެ. ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ރާއްޖެ ގެނައީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ހިޔާލު