Hajju verin enburu annairu balithah fethuridhaanethee samaaluvumah angaifi
image
ހައްޖުވެރިން--
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ހައްޖުވެރީން އަންނައިރު ބަލި ފެތުރިދާނެތީ ސަމާލުވުމަށް އަންގައިފި

ހައްޖުވެރީން އެނބުރި އަންނައިރު ބަލިތައް ފެތުރިދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެޗްޕީއޭ އިން ބުނީ ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި އަންނައިރު ބަލިވެ އުޅޭނަމަ، ބަލި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ހައްޖާޖީން އަދި އާއިލާއިން ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން ހައްޖުން އެނބުރި އަންނަ މީހުން ސަމާލުކަންދޭންވީ ކަންތައްތަކުގެ ތެރޭގައި ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫވާނަމަ، ލަސްނުކުރައްވާ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން ހިމެނެ އެވެ.

އޭގެ އިތުރުން ޑޮކްޓަރަކަށް ދައްކަވާއިރު ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއް ކަމުގެ މައުލޫމާތު ދިނުމާއި އެނޫންވެސް އިތުރު ބަލިމަޑުކަމެއްގެ އަލާމާތެއް ފެންނަ ނަމަވެސް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އަރިދަފުސް ރޯގާ އަދި ވައިރަލްހުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭންވީ ކަންތައްތަކަކީ އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ކުޑަ ރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާ ކުރުމާއި ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ހާމަ ތަންތަނަށް އެއްލާނުލާ އަދި ރައްކާތެރިކަމާއެކު ނައްތާލުން ހިމެނެ އެވެ.

ހަމައެހެންމެ އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ހާއްސަކޮށް ސައިބޯނި ލައިގެން އަތް ދޮވުމާއި ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން ހިމެނެ އެވެ.
ހިޔާލު

އަޙްމަދް

ވެކްސިން؟؟؟؟
ތައްޔާރުކޮއްފައިހުއްނަގޮތްނޭންގޭ ރައްކާތެރި ވެކްސިން!!!!!؟