Taxi driverun joorimanaa faisaa nudhekkifa
image
ބުރިޖުމަތީން ޓެކްސީ އާއި ސައިކަލު ދަތުރުކުރަނީ-- ފޮޓޯ: ސަން
ރައްޔާން މުޙައްމަދު
7 ކޮމެންޓް
 

ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ފައިސާ ނުދެއްކިފަ ތިބި ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނެފި

ބޮޑު އަގު ނެގި މައްސަލާގައި ޖޫރިމަނާކުރި ޓެކްސީ ޑްރައިވަރުންނަށް އެފައިސާ ދެއްކޭނެ ގޮތެއް ނެތްކަމަށާއި ލައިސަން އަނބުރާ ދީފައިނުވާކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާއި ދެކޮޅަށް ޑްރައިވާސް އެސޯސިއޭޝަނުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން ސީއެންއެމާއި ވާހަކަދައްމުން ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހީމް ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީގައިވާ ގޮތުން ޓްރެފިކް ވައެލޭޝަންއަށް ޖޫރިމަނާކުރެވޭނީ 500 ރުފިޔާއިންނެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އާ އުސޫލުގެ ސަބަބުން ޑްރައިވަރުންނާއި ދައުލަތުގެ މުއައްސަސާތަކަށް ވަނީ އޮޅުންތަކެއް އަރާފައިކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އެގޮތުން އާ އުސޫލާއި ހިލާފުވީ ފަރާތްތައް ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ އިރު، ޖޫރިމަނާގެ ފައިސާ ދެއްކޭނެ ގޮތެއްވެސް އަދި ލައިސަންސް އަނބުރާ ލިބޭނެ ގޮތެއްވެސް ނެތް ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

"ސްލިޕްކޮޅު ހިފައިގެން ފައިސާ ދައްކަން ދިޔާމަ މީރާ އިން އެބަ ބުނޭ، މިކޮޅަކަށް ނެތޭ [ޖޫރިމަނާގެ މައުލޫމާތު] ފޮނުވައިފައެއް. ޕޮލިހަށް ދިޔާމަ ބުނަނީ 750 ރުފިޔާ އިން ޖޫރިމަނާ ކުރެވެން ނެތީމައޭ ނުފޮނުވަނީ،" އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ ޖޫރިމަނާގެ ފައިސާ ދެއްކޭނެ ނިޒާމެއް ނެތް އިރު ފުލުހުން ހިފަހައްޓާފައިވާ ޑްރައިވަރުންގެ ލައިސަންތައް ވެސް ދީފައިނުވާކަމަށެވެ. އެކަމުގެ ސަބަބުން ޑްރައިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ އުސޫލާއި ހިލާފުވާ ޑްރައިވަރުން 750 ރުފިޔާއިން ޖޫރިމަނާކުރުމަށް މިނިސްޓްރީން އިއުލާންކޮށަފައިވީ ނަމަވެސް އެއީ ގާނޫނޫގައި އެކަން އޮންނަ ގޮތެއް ނޫންކަމަށެވެ. މިއަދުގެ ޝަރީއަތުގައި އެކަމާބެހޭ ގޮތުން މިނިސްޓްރީއާ ގާޒީ ސުވާލުކުރެއްވިކަމަށާއި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް މިނިސްޓްރީއަށް ސާފުކޮށްދެވިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓުގައި އޮތް ޝަރީއަތް ނިންމާލާފައިވަނީ ތިން ދުވަހުގެ ތެރޭގައި ދައުލަތުން ޖަވާބުދާރީ ނުވެއްޖެނަމަ، މިނިސްޓްރީގެ އާ އުސޫލަށް އަމަލުނުކުރުމަށް ވަގުތީ އަމުރެއް ކޯޓުން ނެރޭގޮތަށެވެ.

މިކަމާއި ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ވެސް އަދި ފުލުހުންގެ ބަހެއް ވެސް ލިބޭގޮތް ވަނީ ނުވެފައެވެ.

މިމަހުގެ އެއް ވަނަ ދުވަހު އާއްމުކުރި އުސޫލުގައިވާ ގޮތުން މާލެ އިން ހުޅުމާލެ އަށް ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނެގޭނެ އެންމެ ބޮޑު އަގަކީ 60 ރުފިޔާ އެވެ. އޭގެ އިތުރުން މެންދަމުން 12 ގެ ފަހުން އަގުބޮޑުކޮށް ދަތުރު ކުރެވޭ އުސޫލު ބާތިލުކޮށް، ޑިކީއަށް މުދާ އެރުވުމުން އިތުރަށް ފައިސާ ނުނެގޭ ގޮތް ވަނީ ހަދާފަ އެވެ.

ޑްރައިވަރުން ގަބޫލު ކުރާ ގޮތުގައި ޓްރާންސްޕޯޓުން އާއްމު ކުރި އާ އުސޫލުގެ ސަބަބުން ޑްރައިވަރުންގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެން ދާނެ އެވެ. މާލެ ސަރަހައްދުގައި ޓެކްސީ ކުރުމުގެ ހުއްދަ 1200 ޓެކްސީއަކަށް ދީފައި ވެއެވެ.
ހިޔާލު

ބޭބޭ

ނުބައިތަނެއްގަ ޕާކުކޮށްގެން 750 ރުފިޔާ ނަގަނީ ކިހިނެތް ދެން؟

އެމްސް

ޑްރައިވަރުން ބޮޑުއަގުނަގާ، ޢާއްމުންފެލީމަ ގިނަބަޔަކަށް ވަރަށްބޮޑެތި ގެއްލުންވޭ!

ޣގ

ދުވާލެއްގެ މާއްޗައް 1500 ވަރު ލިބޭ މަދުވެގެން ދެން ކީއްވެ 700 ރުފިޔާ ނުދެއްކެންވީ ތިހާ ދިގު ހަދަންޔާމް މާތް ރަސްކަލާން ގެ ތިމާމެން ނައް ދެއްވިވނިއުމަތް އަބުރާގެންދަވާނެ ކަމައް ބިރިވެތިވެބަލަ

ގުލާބު

ސަރުކާރުން ގަވައާ ހިލާފުވީމަ ފޯސް. ޑްރައިވަރުން ސަރުކާރުއަގު ފަސްދޮޅަސް ރުފިޔާއަށް ނުކޮށް ބޮޑު އަގު ނެގީމަ އޯކޭ

ފިލްމީ ސްޓާރ

ދެއުޅިއެއްނުވި ނަހުލާ ގެ ވާހަކަ

ސައިޒުކޮށްލާ ޑްރައިވަރުން

ދެއްކޭނެ. ކީއްވެ ނުދެއްކެންވީ. ދެއްކޭނެތީތާ ހިތުހުރިގޮތަކަށް އެއުޅެނީ. ޖެހޭތާކު ކާރުތައް ޕާކުކޮޑް ހިތުހުރިވަރަކަށް އަގުނަގަމުން.

ފަލަމަސް

ހަމަ ހިފަހައްޓަންވީ އަދިވެސް، ގަވާއިދާ ޚިލާފުވާ ޑްރައިވަރުންނަށް ރަނގަޅު ފިލާވަޅުދީ، ހަމައިން ނެއްޓުނު ޑްރައިވަރުން ސައިޒު ކުރޭ