Raees Yaameen ge sharaeeyathuge adu ehumeh ahnna Buraasfathi dhuvahu baahvanee
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ ވެރިކަމުގެ ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކާއި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ.-- ފޮޓޯ: އަހުމަދު ޝުރާއު/ އަވަސް
1 ކޮމެންޓް
 

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30ގައެވެ. އެ ދުވަހުގެ އަޑުއެހުންވެސް ޓީވީތަކުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. ނަމަވެސް އެދުވަހު ނެގުނީ އެންމެ ފަރާތެއްގެ ހެކި ބަހެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދެން އަންނަ އަޑު އެހުމެއްގައި ގިނަ ހެކިންގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ދެން އޮންނަ އަޑުއެހުމަކަށްވެސް މުއައްވިޒު ހާޒިރު ކުރާނެ ކަމަށް ބެލެވެއެވެ. އެއީ އެ މައްސަލާގައި އޭސީސީން ތައްޔާރުކޮށްފައިވާ ބަޔާނަކާ ގުޅޭ ގޮތުން ހެކި ބަސް ދިނުމަށެވެ.

އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިތައް ވެސް ހުށަހެޅިއެވެ. ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އަލްޖަޒީރާގެ ސްޓީލިން ފެރެޑައިސް ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ދޮގުކޮށް އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނެކެވެ.

ދައުލަތުން ދެން އަންނަ އަޑުއެހުމަކަށް ހުށަހަޅާފައިވާ ހެކިންނަކީ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި މޫސާ ޒަމީރާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލެވެ.
ހިޔާލު

މަންމާފުޅު އަދުރޭ

ތިމައްސަލަ ލަސްނުކޮށް އަވަސްކޮށް ޙުކުމް ކުރައްވާ. ދުވާލުގެ އިރުފަދައިން ދިވެހި ހުރިހާ ރައްޔިތުންނަށް އެގިލައްވާ އެއްމިލިޔަން ޑޮލަރު ތިމީހާހުރީ ބަނޑުއަޅާލައިގެން ކަން، ބުރިޖާ ދިމާލުން މައްޗައް އަރަމުންދާ އިމާރާތުންވެސް އެކަމައް ހެކިދޭ، އެތަން ދައުލަތައް ނަންގަވާ