Wamco ge kureege MD ge mahchah Dhauvaa kuran fonuvaifi
image
ވެމްކޯގެ ކުރީގެ އެމްޑީ ޝިފާއު: ފޮޓޯ / މިހާރު
0 ކޮމެންޓް
 

މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ޑަމްޕްޓްރަކެއް ގަތް މައްސަލާގައި ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާ ކުރަނީ

ވެމްކޯގެ ކުރީގެ އެމްޑީ މުހައްމަދު ޝިފާއުގެ މަސްލަހަތު ހިމެނޭ ކުންފުންޏަކުން ވެމްކޯއަށް ޑަމްޕްޓްރަކެއް ގަތް މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެމްކޯއިން އެމަރޖެންސީކޮށް 1 ޑަމްޕްޓްރަކް ގަތުމަށް ކިއުބެކް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެކުންފުންޏަކީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޝިފާއުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ.

ވެމްކޯގެ ބޭނުމަށް ކިއުބެކް އިންވެސްޓްމެންޓުން އެމަރޖެންސީކޮށް އެއް ޑަމްޕްޓްރަކް ގަނެފައިވާއިރު، އެމަރޖެންސީ ފޯމުން ރިކުއެސްޓްކޮށްފައިވަނީ ކެޕްސް ލައިޓް ޚިދުމަތް ތަޢާރަފުކުރުމަށް 1 ޓަނުގެ ޑަމްޕްޓްރަކެއް ހޯދުމަށްކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެ ފޯމުގެ ތިރީގައި އެއްޓަނުގެ ޑަމްޕްޓްރަކެއް ލިބެން ނެތުމުން 350 ކިލޯގެ ޑަމްޕްޓްރަކެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިކުއެސްޓް ކޮށްފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. އޭސީސީން ބުނީ އެ ރިކުއެސްޓް ފޯމުގައި ސޮއިކޮށްފައި ވަނީ ވެމްކޯގެ އޭރުގެ އެމްޑީއަކަށް ހުންނެވި ޝިފާއު ކަމަށެވެ. އަދި އެކަން ފޮރެންސިކް ތަހުހީލުގެ އިތުރުން ޝިފާއުގެ އަމިއްލަ އިއުތިރާފުން އެކަން އެނގޭ ކަމަށްވެސް އޭސީސީން ބުނެއެވެ.

އެ ޓްރަކް ގަނެފައިވަނީ އާ ޓްރަކްއެއްގެ ގޮތުގައި ނަމަވެސް އެ ޓްރަކްގަތް ޖަޕާނުގެ އެކްސްޕޯޓަރާއި ކަސްޓަމްސްއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔެކިޔުންތަކުނވެސް އެ ޓްރަކަކީ ބޭނުންކޮށްފަިއވާ ބާ ޓަރަކްއެއް ކަމަށްވެސް އޭސީސީން ބުންޏެވެ.

މިމައްސަލާގައި ހިމެނޭ ޑަމްޕްޓްރަކް އެމަރޖެންސީކޮށް ގަނެފައިވަނީ އެންމެ ތަނަކުން ކޯޓޭޝަން ހޯދައިގެންކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ އެމަރޖެންސީކޮށް މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާނަމަވެސް އެ މުދަލެއް ނުވަތަ ޚިދުމަތެއް އެ ހޯދަނީ އެކަށީގެންވާ އަގުގައިކަން ޔަޤީންކުރުމަށްޓަކއި އެއް ކޯޓޭޝަނަށްވުރެ ގިނަ ކޯޓޭޝަން ހޯދައިގެން އެ މުދަލެއް ނުވަތަ ޚިދުމަތެއް ހޯދަންޖެހޭނެ ކަމަށް އޭސީސީން ވަނީ ބަޔާންކޮށްފައެވެ.

އޭސީސީން ބުނީ މި މައްސަލާގައި ނުހައްގުން މަންފާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދާދިނުމަށްކަން ފެންނަން އެބައޮތް ކަމަށާއި އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފާއިދާއެއް ހޯދާދިނުމަށް އެފަރާތުން ކުރިކަމެއްކަން އެނގެން އެބައޮތް ކަމަށެވެ.
އޭސީސީ ޕީޖީ ވެމްކޯ
ހިޔާލު