Medhukendumakah fahu Kulhudhuffushy hospital in loluge balithakah faruvaa dheyn fashanee
image
ކުޅުދުއްފުށީ ހޮސްޕިޓަލް-- ފޮޓޯ: ކޭއޯ
0 ކޮމެންޓް
 

މެދުކެނޑުމަކަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުން ލޮލުގެ ބަލިތަކުގެ ފަރުވާ ދޭން ފަށަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޮލުގެ ޑޮކްޓަރު ޗުއްޓީއަށް ދިއުމާ ގުޅިގެން މެދުކެނޑުނު ލޮލުގެ ބަލީގެ ފަރުވާތަކަށް މާދަމާއިން ފެށިގެން އަލުން ހިދުމަތް ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ލޮލުގެ ބަލީގެ ޑޮކްޓަރު ޗުއްޓީއަށް ދިއުމާއެކު ހޮސްޕިޓަލުން ވަނީ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ފަރުވާ ދިނުން މެދުކަނޑާލާފައެވެ.

އެކަމަކު މާދަމާ ޑޮކްޓަރު ޑިއުޓީއަށް ނިކުންނަން ހަމަޖެހިފައިވާއިރު މާދަމާއިން ފެށިގެން އަނެއްކާވެސް އެ ހިދުމަތްތައް ހޮސްޕިޓަލުން ލިބޭނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ޑޮކްޓަރު ޗުއްޓީއަށް ދިއުމާއެކު ހޮސްޕިޓަލުން ދެމުން އައި ފަރުވާތައް މެދުކެނޑުމާއެކު ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެ ހޮސްޕިޓަލަކީ ހދ. އާއި ހއ. ގެ އިތުރުން ށ. އަތޮޅުގެ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ހޮސްޕިޓަލެވެ.

ޑޮކްޓަރުން ޗުއްޓީއަށް ދިއުމުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން ހިދުމަތް މެދުކެނޑޭ މައްސަލައަކީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އެމައްސަލައަށް ހައްލެއް ހޯއްދަވާނެ ކަމަށް ދާދިފަހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވެއެވެ.
ހިޔާލު