Shaviyani Goidhoo inn gass kandaigen resort thakah gendhaa massala balanee
image
ށ. ގޮއިދޫ އިން ގަސްތަކެއް ދޯންޏަށް އަރުވާފައި-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ށ. ގޮއިދޫން ގަސް ކަނޑައިގެން ރިސޯޓުތަކަށް ގެންދާ މައްސަލަ ބަލަނީ

މާލެ އަތޮޅުގެ ރިސޯޓެއް ރީތި ކުރުމަށް ށ. ގޮއިދޫން ގަސް ގެންދާ މައްސަލައެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް ސީއެންއެމް އަށް ވިދާޅުވީ އެފަދަ ޝަކުވާއެއް އީޕީއޭއަށް ހުށަހެޅިފައިވާ ކަމަށާއި އެއީ ކިހިނެއް ހިނގާ ކަމެއްތޯ ފުލުހުން މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަނީ ރޭގަނަޑުގެ ވަގުތެއްގައި ދޯންޏަކަށް ބޮޑެތި ގަސްތަކެއް އަރުވާ ބަރުކޮށްފައި އޮތް ތަނެވެ. އެކަމާއި ގުޅިގެން އެރަށު ކައުންސިލްުގެ ބަހެއް އަދި ނުލިބެ އެވެ.

މީގެ ކުރިން ވެސް އެކި ރަށްރަށުން ރިސޯޓުތައް ފެހި ކުރުމަށް ގަހާއި ރުއް ގެންދާ މައްސަލަތައް ފެންމަތިވެފައި ވެއެވެ.
ހިޔާލު