Bandhu dhuvas thakuga teacherun masakkathah nuneren angaifi
image
ކުލާސްރޫމެއްގައި ޓީޗަރުންނާއި ކުދިން ހަރަކާތްތެރިވަނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އަންގައިފި

ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނެތި ޓީޗަރުން މަސައްކަތަށް ނުނެރުމަށް ސްކޫލުތަކަށް އަންގައިފި އެވެ.
އިއްޔެ އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލުތަކާއި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެކަމަކު ގައުމީ މުނާސަބަތަކާ ގުޅިގެން މިނިސްޓްރީގެ ހުއްދައާއެކު މަސައްކަތަށް ނެރެވިދާނެ ކަމަށް ވެއެވެ. ޓީޗަރުން ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުމާއި، ލިބޭ އުޖޫރަ ކުޑަވުމުގެ މައްސަލަ ބޮޑެވެ. ތައުލީމީ ދާއިރާއިން ދުރަށް ދިޔުމާއި، އެ ދާއިރާއަށް ނިކުންނަ މީހުން މަދުވާ އެއް ސަބަބަކީ އެއީ އެވެ.

މިނިސްޓްރީން މިހާރު އަންނަނީ މުސާރައިގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެންނަމުންނެވެ. އަދި ތައުލީމީ ދާއިރާއަކީ ޝައުގުވެރި ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޔާލު