Premier League: Wolves'aai Manchester United vaadhakuri match ehvaru vehjje
image
ވުލްވްސް އާއި ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން / ގޫގުލް
މިއުނާ ހަސަން
0 ކޮމެންޓް
 

ޕްރިމިއާ ލީގު: ވުލްވްސް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރިމެޗު އެއްވަރު ވެއްޖެ

ވުލްވްސް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރިމެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އިންގްލިޝް ޕްރިމިއާ ލީގުގައި އަންގާރަ ދުވަހު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފް ފެށިގެން ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ޔުނައިޓެޑްއިންނެވެ. އެގޮތުން އެ ޓީމުންވަނީ ވުލްވްގެ ގޯލާއި އަމާޒުކޮށް ގިނަހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑް ނަގާފައިވަނީވެސް ޔުނައިޓެޑްއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑްގެ އެހީތެރިކަމާއެކު އެންތަނީ މާޝަލްއެެވެ.

ޔުނައިޓެޑްގެ މި ލަނޑާއެކު ވުލްވްސްއިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އަކުން ޔުނައިޓެޑް ލީޑްގައި އޮވެެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވުލްވްސްގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމުން ވަނީ ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޖާއޯ މޮޓީނިއޯގެ އެހީތެރިކަމާއެކު ރުބެން ނެވެސް ވުލްވްސައަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ނަތީޖާ ހަމަހަމަ ވުމަށް ފަހުގައިވެސް ދެ ޓީމަށް ވަނީ ލީޑް ނަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕޮގްބާއަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރެވިފައި ނުވާއިރު، ވުލްވްސްގެ ރުއީ ޕެޓްރީޝިއޯއަށް ލިބުނު ޕެނަލްޓީވެސް ވަނީ ބޭކާރުވެފައެވެ.

މި ނަތީޖާއާއިއެކު ވުލްވްސް އޮތީ ޕްރިމިއާ ލީގު ތާވަލުގެ 12 ވަނާގައި ކުޅުނު ދެ މެޗުން ހޯދި ދެ ޕޮއިންޓާއެކުއެވެ.
ތާވަލުގެ ހަތަރުވަނާގައި މެނޖެސްޓާ ޔުނައިޓެޑް ކުޅުނު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އޮތްއިރު ތާވަލުގެ ތިން ވަނާގައި އޮތް ސިޓީއާއި ޔުނައިޓެޑް މިވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ.

ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލްއާއި އާސެނަލް ކުޅުނު ދެމެޗުން ހޯދި ހަ ޕޮއިންޓާއެކު އެއްވަރުވެފައި ވާއިރު ލިވަޕޫލް އެއްވަނާގައި އޮތީ ގޯލުގެ ތަފާތުންނެވެ.
ހިޔާލު