Education Ministry'ge aa'gavaidhaa'eku Teacherunge adu'iveykan saabithu kohdheefi!
image
ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން / ގޫގުލް
މިއުނާ ހަސަން
5 ކޮމެންޓް
 

އެޑިޔުކޭޝަން މިނިސްޓްރީގެ އާ ގަވައިދާއެކު ޓީޗަރުންގެ އަޑުއިވޭކަން ސާބިތުކޮށްދީފި!

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެވޭގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހޯމަދުވަހު އެންގުމާއި ގުޅިގެން ޓީޗަރުންގެ އެސޯސިއޭޝަންއާއި ގިނަ ޓީޗަރުންތަކެއް ހިތްހަމަޖެހުން ފާޅުކޮށްފިއެވެ.
މިނިސްޓްރީން ހޯމަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އެޑިޔުކޭޝަންގެ ދަށުން ހިންގާ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ގައުމީ މުނާސަބަތަކަށް ތައްޔާރުވުމަށް ސްކޫލްތަކާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ނިންމުމަށް ބޭނުންވާ މުވަޒަފުން މިނިސްޓްރީގެ ހުއްދައާއިއެކު ނެރެވޭނެ ކަމަށް ސާކިއުލާގައިވެއެވެ.

މި ނިންމުމާއި ގުޅިގެން ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑީވްސްއިން ބުނެފައިވަނީ ގިނަ ޓީޗަރުންތަކެއް އެދިފައިވާ އެދުމަކީ ހުކުރު ދުވަސް ބަނދު ދުވަހެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ފޮނުއްވި ސާކިއުލާއާއ ގުޅިގެން ޓީޗަރަކު ސީއެންއެމްއަށް ބުނީ، ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ހުށައަޅަމުންދާ ކަމަށާއި، ބަންދު ދުވަސްތަކުގައި މަސައްކަތަށް ނުނެރުމަށް ނިންމި ނިންމުމަކީ އަދުގެ ސަރުކާރުން ޓީޗަރުންނާމެދު އަޅާލާކަމުގެ ހެއްކެއް ކަމަށެވެ.

" އަޅުގަނޑު އުންމީދު ކުރަން ކުރިއަށް އޮތް މުސްތަގުބަލުގައި ޓީޗަރުންގެ ޝަކުވާތަށް އަޑުއަހައި، އަދިވެސް ހައްލު ނުކުރެވި ހުރި ބޮޑެތި ކަންކަން ހައްލު ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެކަމަށް. ބަންދު ދުވަސްތަކުގައި މަސައްކަަތަށް ނުނެރުމަށް އެންގި އެނގުމަކީ ފެށުމެއް، އޭގެން އެބަދޭހަވޭ އަދުގެ ސަރުކާރުން ޓީޗަރުންނާމެދު އަޅާލާކަން." ޓީޗަރަކު ބުންޏެވެ.

ޓީޗަރުން ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެޑިޔުކޭޝަން މިނިސްޓްރީން ނިންމި މި ނިންމުމަކީ ގިނަބައެއްގެ ރުހުން އެ މިނިސްޓްރީއަށް ލިބިގެންދިޔަ ނިންމުމެކެވެ.
ހިޔާލު

ނާމް

ޓީޗަރުންގެ އިތުރު ގަޑީގެ ފައިސާވެސް އެއީ އެލް ޓީންގެ އަމިއްލަ ހަރު ުދާ ކަހަލަ......... އެޕްރައިޒަލްވެސް އެއީ އެމީހުންގެ އަމިއްލަ ކޮންޕެނީގެ މަސައްކތް ކަހަލަ

އާލަމް

ޓީޗަރުންނަށް ލިބިދޭ ސަލާމް ބުނުމުގެ ހައްޤާއި އާއިލީ ޒިންމާގެ ހައްގުގެ ބޭނުން ކުރާކަމީވެސް ބައެއް ލީޑިން ޓީޗަރުން އެކަމާ ފާޑުކިޔާ އެބޭފުޅުންގެ އަބުރު ގެއްލުވާލަން މަސައްކަތްކުރާ ކަމެއް... މިއީ ހައިސިއްޔަތުގެ ވާހަކަ ދައްކާ ބޭފުޅުންގެ ހާ؛ލަތު......

ކޖ

ރަނގަޅުމާހަކައެއް ތިބުނީ ހުސްވީ

ބައިސް

ބަލަ އައިސް ހާދަ ގަމާރޭ، ޓީޗަރުންނަށް އިތުރު ގަޑި ލިބެނީ އަސާސީ މުސާރައިގެ ފަސް ޕަސެންޓް، އިތިރު ގަޑި ހަމަވޭ މަހަކު މަސައްކަތު ދިހަ ދުވަސް މިނޭއިރު، އެހެން މީހަ ޓީޗަރުން ބޭނުމެއް ނުވާނެ ހުކުރު ހޮނިހިރުގަ ގޮސް އެތާ އޮންނާކަށް، ބަޖެޓް މަރުގަޔާވިސް ބޮޑުވިޔަސް ޓީޗަރުންނަށް ވާ ފައިދާއެއް ނެތް، އެއްކަލަ ޔާމީން ވެރިކަމުގަ އޮތީ ޓީޗަރުންގެ އިތުރު ގަޑި ލިމިޓްކޮށް ނިންމާފަ

އައިސް

އިތުރު ގަޑީ ލާރި ނެތީ. ސަރުކާރު ހުސްވީ ބަޖެޓް މަރުގަޔާ؟؟؟؟