Transport ministry hingaane office eh hoadhanee
image
ވެލާނާގެ-- ފޮޓޯ: ސަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޓްރާންސްޕޯޓު މިނިސްޓްރީ ހިންގާނެ އޮފީހެއް ހޯދަނީ

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ރީޖަނަލް އެއާޕޯޓްސް އަދި މޯލްޑިސް ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމަށް އޮފީސް އިމާރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީ އާއި ރީޖަނަލް އެއާޕޯޓްސް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމަށް އެކަށީގެންވާ، 6000 - 8000 ދެމެދު ގެ އަކަފޫޓް ހިމެނޭ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ކުރިން ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކޮށްފައިވާ ކަމަށެވެ.

އެފަދަ އިމާރާތެއް ކުއްޔަށް ދޫކުރެއްވުމަށް ޝައުގުވެރިވާ ވަޑައިގަންނަވާ ފަރާތްތަކުން 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހު 13:00 އަށް އެމިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު 13:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

އެއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް އެ އިއުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
ހިޔާލު