COVERAGE: Yameen ge money laundering massala, heki bas nagan fashaifi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: ޕީއެސްއެމް ނިއުސް
1 ކޮމެންޓް
 

ޔާމީންގެ މަނީ ލޯންޑަރިން މައްސަލަ: ދެން އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރު 30 ގައި

ލައިވް ކަވަރޭޖް
16:30
22/08/2019
ގާޒީ ހައިލަމް ވިދާޅުވީ ދެން ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރު 30 ގައި ކަމަށް
16:29
22/08/2019
މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައިފި
16:29
22/08/2019
ޒިޔަތު ވިދާޅުވީ އޭނާ ކުރި ހުރިހާ ކަމެއް ކުރީ ޔާމީނުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށް
16:00
22/08/2019
ޒިޔަތުގެ ހެކިބަސް ނަގައި ނިމިއްޖެ
15:58
22/08/2019
ޖަލުގައި ހުރިއިރު ޒިޔަތު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އަދީބާ އެއްވެސް ޗެކެއް އަރުވާފައި ނުވާނެ ކަމަށް، ޒިޔަތު ވިދާޅުވީ އެއީ އޭނާގެ އެޕްރޫވަލް ލިބިގެން ނެރުނު އެއްޗެއް ނޫން ކަމަށް،
15:55
22/08/2019
އެމްއެމްޕީއާރްސީން ރަށްތަކާއި ފަޅުތައް ދޫކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލެއް އޮންނައިރު، އެ ހަދަނީ ޓޫރިޒަމް މިނިސްޓަރު ކަމަށާއި، އެ އުސޫލި އޭސީސީ އަދި އޮޑިޓަ ޖެނެރަލް ފާސްކުރިން ނޭނގޭ ކަމަށް ޒިޔަތު ވިދާޅުވި
15:53
22/08/2019
ޔާމީން ވިދާޅުވީ ޒިޔަތާ ފޯނުން ގުޅައިގެން މުއާމަލާތު ނުކުރާ ކަމަށް އަދި ބައްދަލުވީ ވެސް އެންމެ ފަހަރަކު ކަމަށް
15:51
22/08/2019
ފަޅުތަކާ ރަށްތަކާ ދޫކުރުމުގައި އަމަލު ކުރަނީ ޓޫރިޒަމް މިނިސްޓަރާ ރައީސް ޔާމީނު ކަމަށް ޒިޔަތު ވިދާޅުވި
15:49
22/08/2019
އެމްއެމްޕީއާރްސީގެ ކަންކަން ކުރަންވާ ގޮތް އަންގަނީ ޓޫރިޒަމް މިނިސްޓްރީން، އެމްއެމްޕީއާރްސީގެ ބަޖެޓެއް އޮންނަ ކަމަށާއި، އެކަމަކު އެކުއިޒިޝަން ކޮސްޓުން ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާ ކުންފުނީގެ ބޯޑަށް ނޭނގޭ ކަމަށް
15:44
22/08/2019
2016 ގައި ބަޔާން ދެއްވިއިރު، އުސޫލާ އެއް ގޮތަށް އަމަލު ކުރެއްވި ކަމަށް ވިދާޅުވެ އޭސީސީއަށް ދެއްވީ ތެދު ބަޔާނެއް ކަމަށް ޒިޔަތު ވިދާޅުވި
15:43
22/08/2019
ފުލުހުންނާއި ޕީޖީ އާއެކު މަޝްވަރާއެއް ކުރިއަކަށް ނުދޭ، އެކަމަކު ބަޔާން ރިފްރެޝް ކުރަން ފުލުސް އޮފީހަށް ގެންދިޔަ ކަމަށް، ބަޔާނުގައި އޮތް ގޮތަށް ވާހަކަދައްކަން ޕީޖީން ދެންނެވި ކަމަށް ޒިޔަތު ވިދާޅުވި
15:38
22/08/2019
ކޯޓަށް ވަޑައިގެންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ޒިޔަތު ވިދާޅުވި، ކަރެކްޝަންސުން ފުލުހުންނާ ހަވާލުކުރުމުން ކޯޓަށް ގެނެސްދިނީ ފުލުހުން ކަމަށް
15:36
22/08/2019
ޒިޔަތު ވިދާޅުވީ އެކި ކުންފުނިތަކާއެކި ވިޔަފާރީގެ މުއާމަލާތްތައް ކުރެވިފައި ވާނެ ކަމަށާއި، އެސްއޯއެފާ އެކު ވިޔަފާރީގެ މުއާމަލާތް ވެސް ކުރެވުނު ކަމަށް، އެގޮތަށް އެއްބަސްވުންތަކެއް ހުންނާނެ ކަމަށް، އެސްއޯއެފާ ކަންކަން ހަވާލުކުރުމުގެ ކުރިން ދިރާސާތައް ހެދިފައި ވާނީ، އެމްއެމްޕީއާރްސީ އާއި އެސްއޯއެފާ ދެމެދު ސައްހަ މުއާމަލާތް ކުރުމުގެ ފުރުސަތު އޮތް
15:34
22/08/2019
ދިފާއީ ވަކީލު އާދަމް އާސިފް ވިދާޅުވީ އެއް ދުވަސް ކުރިން ކަމަށް އޭނާ ގެޔަށް ބަދަލު ކުރީ
15:32
22/08/2019
ޔާމީނާ ދެކޮޅަށް ބަޔާން ދިނުމުގެ ދެ ތިން ދުވަސް ކުރިން ކަމަށް ޒިޔަތުު ގެއަށް ބަދަލު ކުރީ އޭނާ ބުނެފި
15:23
22/08/2019
ބަލި ހާލަތު ހުރި ގޮތުން ބަންދަށް ލުޔެއް ދިނުމަށް އެދިފައިވާނެ ކަމަށާއި، މިހާރު ހުރީ ގޭ ބަންދުގައި ކަމަށް ޒިޔަތު ވިދާޅުވި
15:22
22/08/2019
ޒިޔަތުގެ އޮފީހަށް އަދީބަށް ވަދެވޭ ގޮތަށް ފިންގަޕްރިންޓް އެކްސެސް ދީފައިވާނެ ކަމަށް ޒިޔަތު ބުނޭ
15:22
22/08/2019
ޒިޔަތު ވިދާޅުވީ އެހެން ބަޔާން ދެވިފައި އޮވެދާނެ ކަމަށް
15:19
22/08/2019
އެކުއިޒިޝަން ކޮސްޓް ފައިނަލް ކުރާނީ އެމްއެމްޕީއާރްސީން ކަމަށާއި، ފައިސާ ލިބުމުން މީރާ އަށް ފޮނުވަން އެ ހަވާލުކުރަން ޖެހެނީ ޓޫރިޒަމް މިނިސްޓްރީ އަށް ކަމަށް ބުނެ ޒިޔަތު ކުރިން ބަޔާނެއް ދީފައިވާ ކަމަށް ދިފާއުން ބުނެފި
15:18
22/08/2019
އަދީބުގެ އިތުރުން އެސްއޯއެފުގެ އިޝްފާހު އަށް ވެސް ފައިސާ ހަވާލުކޮށްފައިވާނެ ކަމަށާއި، އެއީ އިރުޝާދު ދީފައިވާ ގޮތް ކަމަށް ޒިޔަތު ވިދާޅުވި
15:16
22/08/2019
އެމްއެމްޕީއާރްސީ އަށް ފައިސާ ލިބުމުން އެކަން ސަމާލުކަމަށް އަންނަ ކަމަށާއި ބައެއް ފައިސާ އާއި ޗެކުތަކާއި ހަވާލުވެފައި ހުންނާނެ ކަމަށާއި، އެހެން ފަރާތްތައް ވެސް ހަވާލުވެފައި ހުންނާނެ ކަމަށް ޒިޔަތު ވިދާޅުވި
15:15
22/08/2019
ޔާމީން ގުޅުއްވާ ގަޑިތަކާއި، ފޯނުގައި ހޭދަވާ ވަގުތު ނޭނގޭ ކަމަށާއި، ގުޅުއްވަނީ ޔާމީނުގެ އަމިއްލަ ފޯނުން ގިނަ ފަހަރަށް ވައިބާ މެދުވެރުކޮށް ކަމަށް ޒިޔަތު ވިދާޅުވި
15:13
22/08/2019
ދިފާއީ ވަކީލުން މިހާރު ގެންދަވަނީ ޒިޔަތު އާއި ޔާމީނާ ދެމެދު މުއާސަލާތު ކުރި ގޮތާ ބެހޭ ގޮތުން ސުވާލު ކުރަމުން
15:06
22/08/2019
ޒިޔަތު ވިދާޅުވީ ކުންފުނީގެ އަސާސީ ގަވާއިދަށް އަމަލު ކުރަން ޖެހުނު ނަމަވެސް، އޭނާ އަމަލު ކުރީ ޔާމީން ދެއްވި އިރުޝާދުތަކާ އެއް ގޮތަށް ކަމަށް
15:05
22/08/2019
ވޮޑަމުލާ ކުއްޔަށް ދީގެން ލިބެން ޖެހެނީ އެއް މިލިއަން ޑޮލަރު ކަމަށް ޒިޔަތު ވިދާޅުވި
15:04
22/08/2019
އެއީ އެ ފައިސާ އަދީބުގެ އަތަށް ދެއްވުމަށް، އެ އިންސްޓްރަކްޝަން ދީފައިވަނީ ފޯނު މެދުވެރިކޮށް ކަމަށް ޒިޔަތު ވިދާޅުވި
15:04
22/08/2019
ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރްސީއަށް ލިބޭ ފައިސާއާ މެދު ވަކި ގޮތަކަށް އަމަލު ކުރަން ރައީސް ޔާމީނު ސީދާ އިރުޝާދު ދެއްވާފައިވާ ކަމަށް
15:04
22/08/2019
މިހާރު ދަނީ ޒިޔަތުގެ ހެކިބަސް ނަގަމުން
15:03
22/08/2019
ޝަރީއަތުގެ މަޖިލިސް އަނެއްކާވެސް ފަށައިފި
12:36
22/08/2019
ތިންވަނަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރަން ހަމަޖެހިފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު
12:29
22/08/2019
މިއަދު ތިންވަނަ ހެކިވެރިއެއްގެ ހެކިބަސް ވެސް ނެގުމަށް އޮތީ ތާވަލުކޮށްފައި، އެކަމަކު ސުޕްރީމް ކޯޓުގައި އޮތް އެހެން އަޑުއެހުމަކަށް 01:15 އަށް ހާޒިރުވާން ޖެހޭތީ ދިއާފީ ވަކީލުން އެދުނީ މިއަދުގެ އެހެން ވަގުތަކަށް ތާވަލުކޮށްދިނުމަށް، ގާޒީ ހައިލަމް ނިންމެވީ މެދުކަނޑާލުމަށް ފަހު 02:30 ގައި ޝަރީއަތުގެ މަޖިލިސް އަލުން ފެށުމަށް
12:25
22/08/2019
އަދީބުގެ ހެކި ބަސް ނަގައި ނިމިއްޖެ
12:25
22/08/2019
އެކަމަކު ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނާ އެސްއޯއެފާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް
12:24
22/08/2019
ޕީޕީއެމާ ގުޅުން ހުރި އެއްވެސް ފައިސާއެއް އެސްއޯއެފްގެ އަތުގައި ނުހުންނާނެ ކަމަށާއި އެއް މިލިއަން ޑޮލަރު އެމީހުން ޖަމާކުރީ ސީދާ ޔާމީނުގެ އޯޑަރަށް ކަމަށް އަދީބު ވިދާޅުވި
12:22
22/08/2019
ރައީސް ޔާމީން ވިދާޅުވީ އެ ހުރިހާ މައުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް
12:21
22/08/2019
އަދީބު ގެންދަވަނީ ކޮން ކެމްޕޭނު ފައިސާ އެއްތޯ ކިހިނެއް ކޮންތާކުންތޯ ލިބުނު ފައިސާއެއް ތޯ ސުވާލުކުރައްވަމުން
12:21
22/08/2019
އެސްއޯއެފަށް އެއްވެސް ކެމްޕޭން ފައިސާއެއް ވަދެފައި ނުވާނެ ކަމަށް އަދީބު ވިދާޅުވި
12:14
22/08/2019
އަދީބު ވިދާޅުވަނީ އެމްއެމްޕީއާރްސީއާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް އޯޑަރު ދެއްވަނީ ރައީސް ޔާމީން ކަމަށް، އެހެންވެ ގާނޫނާއި ހިލާފަށް ކަންކަން ކުރެއްވުމަށް ޔާމީން އަމުރު ކުރެއްވުމުން އެކަންކަން ކުރައްވާފައި ވާނެ ކަމަށް އަދީބު އިއުތިރާފްވެވަޑައިގެންނެވި
12:12
22/08/2019
ކެމްޕޭން ފައިސާ ނޫން ގޮތުގައި ސަރުކާރަށް ހެޔޮ އެދޭ ފަރާތްތަކުން އެއްވެސް ފައިސާއެއް ދީފައި ހުންނާނެތޯ ސުވާލުކުރެއްވުމުން އަދީބު ވިދާޅުވީ ނުހުންނާނެ ކަމަށް
12:11
22/08/2019
އަދީބު ވިދާޅުވީ އެއްވެސް ހިތްބަރު ކަމެއް ނެތް ކަމަށާއި، ރައީސް ޔާމީނަށް ވެސް މައާފަކޮށްފައެއް ވާނެ ކަމަށް
12:10
22/08/2019
އަނިޔާ ލިބިފައިވާ ކަމަށް ވިދާޅުވުމުން، ޔާމީން ސުވާލު ކުރެއްވީ ހިތުގައި އެއްވެސް ބަރުކަމެއް ވޭތޯ
12:10
22/08/2019
މިހާރު ރައީސް ޔާމީން އަދީބާ ސުވާލުކުރައްވަނީ
12:09
22/08/2019
އެމްއެމްޕީއާރްސީގެ ފައިސާއަށް އަމިއްލަ އަށް ހިޔާނާތްތެރިވި ކަމަށް އެއްވެސް ތަނެއްގައި ވިދާޅުވެފައެއް ނޯންނާނެ، އެކަމަކު އެކަން ހިނގި ގޮތް ސާފުކޮށްދީފައި ވާނެ
12:08
22/08/2019
އެއްބަސްވުމެއް އޮއްވާ، ޓަގް ބޯޓުގައި ފިލި މައްސަލާގައި ސުވާލުކުރެއްވުމުން ގާޒީ ހައިލަމް އެކަން ހުއްޓުވައިފި
12:07
22/08/2019
އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާނެ، ހެކިބަސް ދޭތީ ވަރަށް އިންޒާރު ލިބެމުންދޭ، ޖަލުގައި މަރާލާނެ ކަމަށް ނުވަތަ ވިހަ ދޭނެ ކަމަށް ބުނެ އިންޒާރު ލިބެމުންދާ މައްސަލަތައްކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރަމުންދާ ކަމަށް އަދީބު ވިދާޅުވި
12:05
22/08/2019
އަދީބު ވިދާޅުވީ ސައިކޮލޮޖިކަލް އިފެކްޓްސް އައުމަކީ މީހަކު ދުނިޔެއިން މޮޔަވުން ކަމަށް އެއްވެސް ޑޮކްޓަރަކު ބުނެފައި ނުވާނެ ކަމަށް
12:04
22/08/2019
އަދީބަށް ދިމާވާ ކަމަށް ވިދާޅުވި ނަފްސާނީ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ ދެއްކި ވާހަކަތައް އޮޅުވާލައިގެން ދައްކަމުންދާ ކަމަށް
12:03
22/08/2019
ޓަގްބޯޓުގައި ފިލަން އުޅުނުއިރު، އަދީބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެފައިވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި. އަދީބު ވިދާޅުވީ އޭނާގެ ބައިނަލްއަގްވާމީ ވަކީލުން އެގޮތަށް ބަޔާން ނެރުނީ އޭނާއާ ކޮންސަލްޓް ކުރުމަށް ފަހުގައި ނޫން ކަމަށް. މިހާރު އެކަން ހުއްޓވާފައިވާ ކަމަށް.
12:02
22/08/2019
ހެކިބަސް ދިނުމުގައި ނުފޫޒެއް ނެތް ކަމަށް އަދީބު ވިދާޅުވެއްޖެ، އިތުރު ހުކުމްތަކެއް އަޔަސް މައްސަލައެއް ނެތް ކަމަށް، ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަންކަން ހުރީމަ ކަމަށް
12:01
22/08/2019
ފުލުހުންނާއެކު 19 ސެޝަނެއް ބޭއްވުނު ކަމަށް ސުވާލު ކުރުމުން އަދީބު ވިދާޅުވި ސަރުކާރަށް އެއްބާރުލުންދެމުންދާ ކަމަށް
12:00
22/08/2019
ފިނިފެންމާ ހާދިސާއަށް ފަހު ވެސް ރައީސް ޔާމީނާ ގާތް ގުޅުމެއް އޮތް، އަދި އެމްއެމްޕީއާރްސީގެ ކަންކަންމުގައި ގުޅުއްވާ ކަމަށް އަދީބު ފާހަގަކުރެއްވި
11:59
22/08/2019
ފަންޑް ރެއިޒް ކުރުމުގައި މިނިސްޓަރުންނާއި، މެމްބަރުންނާއި ރައީސް ޔާމީނާއެކު ވެސް ފަންޑް ރެއިޒް ކުރުމުގެ ކަންކަމުގައި އުޅެފައި ވާނެ، އެކަމަކު ނައިބު ރައީސަށް ވުމަށް ފަހު އިންތިހާބެއް ނެތުމުން އެކަމުގައި ނޫޅޭ ކަމަށް އަދީބު ވިދާޅުވި
11:57
22/08/2019
ޕީޕީއެމަށް ފަންޑް ރެއިޒް ކުރުމުގެ ތެރެއިން ލިބުނު ފައިސާ ޖަމާކުރަނީ ޕާޓީގެ ނަމުގައި ހުޅުވާފައި އޮންނަ އެކައުންޓުގައި ކަމަށާއި ބައެއް ފަހަރު ކެންޑިޑޭޓުގެ އަތުގައި ވެސް ހުންނާނެ ކަމަށް އަދީބު ވިދާޅުވި
11:56
22/08/2019
ދިފާއުން ވެސް ތަހުގީގީ ބަޔާނާ ނުގުޅޭ ސުވާލު ކުރައްވާ ކަމަށް ވިދާޅުވެ ދައުލަތުން އިއުތިރާޒު ކުރައްވައިފި
11:56
22/08/2019
ދިފާއީ ވަކީލުން މިހާރު ސުވާލުކުރައްވަނީ
11:51
22/08/2019
އެމްއެމްޕީއާރްސީގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައީސް ޔާމީން ކަމަށް އަދީބު ވިދާޅުވި
11:50
22/08/2019
ދައުލަތުން ވިދާޅުވީ އެ ސުވާލުތަކަކީ ގުޅޭ ސުވާލުތަކެއް ކަމަށް، ގާޒީ ހައިލަމް ވިދާޅުވީ ތަހުގީގުގެ ބަޔާނުގައި ހުރި ކަންކަމާ ގުޅޭ ގޮތުން އެކަނި ކަމަށް
11:49
22/08/2019
ސުވާލު ކުރާއިރު، ތަހުގީގުގައި ކުރެވިފައިވާ ސުވާލާއި، ބަޔާނުގައިވާ ކަންކަމާ ގުޅިގެން އެކަނި ސުވާލު ކުރުމަށް ހައިލަމް އެދިވަޑައިގެންފި
11:48
22/08/2019
ލޯންޗުގެ ފަހުން ގުޅުއްވީ ފަޅަކާއި، ބޮޑުމުލާ ކިޔާ ރަށެއްގެ މައްސަލާގައި ކަމަށް އަދީބު ވިދާޅުވި
11:47
22/08/2019
އަދީބު: އަޅުގަނޑު މިއަދު ބޭނުމެއް ނޫން އެއްވެސް ކަމެއް ފޮރުވާކަށް
11:46
22/08/2019
އެމްއެމްޕީއާރްސީން ލިބުނު ފައިސާގެ ކަންތައްތަކުގައި 2014، 2015 އަދި ލޯންޗު ކަންތައް ހިނގި ފަހުން ވެސް ވަރަށް ގިނައިން ޔާމީން ގުޅުއްވި، އެ ފައިސާ އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް، މާރުކޮށްގެން އެކި ކަންކަމުގައި ވެސް ގުޅުއްވާ ކަމަށް އަދީބު ވިދާޅުވި
11:46
22/08/2019
އެމްއެމްޕީއާރްސީ ފައިސާ ކަންތައްތަކުގައި ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށް އަދީބު ވިދާޅުވި
11:45
22/08/2019
އަދީބު ވިދާޅުވީ ކެމްޕޭން ފައިސާއެއް ހޯދުމަށް ރައީސް ޔާމީން އޭނާގެ ކިބައިން އެދިވަޑައިގެންފައި ނުވާ ކަމަށް
11:44
22/08/2019
2015 ގައި ކެމްޕޭނު ފައިސާގެ އެއްވެސް ކަމެއް ނުހިނގާ، އެކަމާ ގުޅޭ ކަމެއްގައި އަޅުގަނޑާ ޔާމީނާ މުއާމަލާތްކޮށްފައެއް ނުވާނެ އަދީބު
11:43
22/08/2019
ފިނިފެންމާ ލޯންޗުގެ ހާދިސާ ހިނގި 2015 ވަނަ އަހަރު އިންތިހާބެއް ނެތުމުން ކެމްޕޭނު ފައިސާގެ ކަމެއް ނޯންނާނެ
11:42
22/08/2019
ފައިސާ ހޯދަނީ އިންތިހާބު ގާތްވުމުން ހެޔޮ އެދޭ ފަރާތްތަކުގެ އަތުން ކަމަށް، މީހެއްގެ އަތުން އެންމެ ގިނަވެގެން ވެސް ލިބެނީ ލައްކައެއް ދެލައްކެއެއްހާ ރުފިޔާ ކަމަށް އަދީބު ވިދާޅުވި
11:41
22/08/2019
އަދީބު ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ޖެހެނީ ފަންޑު ރެއިޒް ކުރަން ކަމަށް
11:40
22/08/2019
ދައުލަތުން އަދީބާ ސުވާލުކުރައްވަނީ
11:25
22/08/2019
ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމަށް އަޑީބު ހާޒިރުވެވަޑައިގެންފި
11:24
22/08/2019
އަދީބު ހާޒިރު ކުރަން އަންގާފައި އޮތީ 11:00 އަށް، އެކަމަކު އަދިވެސް ހާޒިރުކޮށްފައި ނުވާތީ ގާޒީ ހައިލަމް ވަނީ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލާފައި
11:24
22/08/2019
ދެވަނަ ހެކިވެރިއެއްގެ ގޮތުގައި މިއަދު ހާޒިރު ކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
11:16
22/08/2019
މުއައްވިޒުގެ ހެކިބަސް ނަގައި ނިމިއްޖެ
11:15
22/08/2019
ޔާމީނުގެ ސުވާލުތަކާ މެދު ދައުލަތުން އިއުތިރާޒު ކުރުމުން، ޔާމީން ވިދާޅުވީ އެކި ގޮތްގޮތަށް ސުވާލުކުރަމުން ދަނީ ހެކިވެރިޔާގެ ތެދުވެރިކަން ކަށަވަރު ކުރުމަށް ކަމަށް
10:59
22/08/2019
މައްސަލައިގައި ހުރި ހަމަނުޖެހޭ ކަންކަން ފާހަގަކުރަން ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ، ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ މޭ މަހުގައި ކަމަށް ވާއިރު، ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް ނެރުނީ ޑިސެމްބަރު ގައި ކަމަށް، އޭގެ ކުރިން ޝައްކު އުފެދިފައި ނުވޭތޯ ސުވާލުކުރެއްވި
10:58
22/08/2019
ދިފާއީ ވަކީލުންނަށް ފަހު މިހާރު މުއައްވިޒާ ސުވާލުކުރައްވަމުން ގެންދަވަނީ ރައީސް ޔާމީން
10:56
22/08/2019
ޔާމީނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުގެ ކުރިން އެސްއޯއެފުން އެކި މުއާމަލާތްތައް ކުރި ކަމަށާއި އެ ފައިސާ ޔާމީނުގެ އެކައުންޓަށް ޖަމާ ކުރުމުގެ ކުރިން ވެސް އެސްއޯއެފް އެކައުންޓުގައި 800،000 ޑޮލަރު ހުރި ކަމަށް މުއައްވިޒު ވިދާޅުވި
10:53
22/08/2019
ދިފާއީ ވަކީލުން ވަނީ އެސްއޯއެފުން ކުރިއަށް ގެންދިޔަ ބައެއް ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރައްވާފައި
10:52
22/08/2019
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ސޮއިކުރައްވާފައި ނުވަނީ އޭގެ ފަހުން ޗުއްޓީގައި ހުންނެވުމުން ކަމަށް ވެސް މުއައްވިޒު ވިދާޅުވި
10:51
22/08/2019
ހަތަރު މެމްބަރުން ވެސް ވޯޓު ދެއްވީ ތަހުގީގީ ރިޕޯޓެއް އެކުލަވާލަން ކަމަށާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ބައެއް މެމްބަރުން ސޮއިކޮށްފައި ނުވުން އެކަށީގެންވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި
10:49
22/08/2019
ޔާމީނުގެ އެކައުންޓަށް އެސްއޯއެފުގެ ފައިސާތަކެއް ވަތް މައްސަލާގައި ބޭއްވި ކޮމިޝަނުގެ ދެ ބައްދަލުވުމުގައި ހަތަރު މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް މުއައްވިޒު ވިދާޅުވި
10:42
22/08/2019
ދިފާއީ ވަކީލުން މުއައްވިޒާ ސުވާލުކުރަމުން ގެންދާއިރު، މައްސަލައިގެ ބޭރުން ސުވާލުކުރަމުންދާ ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލުން ދަނީ މައްސަލަ ޖައްސަމުން
10:41
22/08/2019
ތަހުގީގީ ކޮމިޓީއަކުން ރިޕޯޓު ތައްޔާރު ކުރުމަށް ފަހު ކޮމިޝަނަށް ހުށަހެޅުމުން، އެއާމެދު ކޮމިޝަން މެމްބަރުންގެ މެދުގައި ވޯޓަކަށް އަހާ ކަމަށް މުއައްވިޒު ވިދާޅުވި
10:40
22/08/2019
އޭސީސީން ރިޕޯޓުތައް އެކުލަވާލުމުގައި އަމަލު ކުރާ އިޖުރާއަތުތައް މުއައްވިޒު ވަނީ ކިޔައިދެއްވާފައި
10:39
22/08/2019
މިއަދުގެ މަޖިލީހަށް ދައުލަތުން ވަނީ އާ ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅާފައި، އެއީ އޭސީސީން ބޭއްވި ބައްދަލުވުންތަކެއްގެ ޔައުމިއްޔާ
10:38
22/08/2019
ފަނޑިޔާރު އަހްމަދު ހައިލަމް ދައުލަތަށް ވެސް އަދި ދިފާއީ ވަކީލުންނަށް ވެސް މުއައްވިޒާ ސުވާލު ކުރެއްވުމަށް ދެއްވީ 30 މިނެޓު
10:38
22/08/2019
އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ
10:36
22/08/2019
ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ ކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަ ފޮނުވި އެއް މިލިއަން ޑޮލަރުން މަންފާ ހޯދައި، މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި
10:35
22/08/2019
ޔާމީން ވިދާޅުވީ މުޅި ދައުވާ ބިނާވަނީ އެ ހެކިވެރިޔާގެ ހެކި ބަހުގެ މައްޗަށް ކަމަށް
10:34
22/08/2019
ފަނޑިޔާރުގެ ކިބައިން ޔާމީން އެދިވަޑައިގެންނެވީ މުއައްވިޒާ ސުވާލު ކުރެއްވުމަށް އެކަށީގެންވާ ވަގުތު ދެއްވުމަށް
10:31
22/08/2019
ރައީސް ޔާމީން ވެސް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވާފައި
10:31
22/08/2019
ސުވާލުތައް އަމާޒުކުރަނީ އޭސީސީން ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާގައި ބައިވެރިވި ހުރިހާ މެމްބަރުން ސޮއިކޮށްފައި ނުވަނީ ކީއްވެތޯ ސާފު ކުރަން
10:16
22/08/2019
ދިފާއީ ވަކީލުން މުއައްވިޒާ ސުވާލު ކުރަން ފަށައިފި
10:15
22/08/2019
ދައުލަތުގެ ވަކީލު މިހާރު ގެންދަވަނީ މުއައްވިޒާ ސުވާލު ކުރައްވަމުން
10:14
22/08/2019
10:00 ގައި އަޑުއެހުން ފެށިއިރު، މިއަދު އެންމެ ފުރަތަމަ ނަގަނީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފަށައިފި އެވެ. މިއަދުވެސް ކުރިއަށް ދަނީ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.
ހިޔާލު

އަހުމަދު

އެސް އޯއެއްވެސް ގުޅުމެއްނެތް ގުޅުންހުރީ ފައިސާ އާއި ދެއްތޯ.