Dhiraagun Samsung Galaxy Note 10 adhi 10+ Raajjeyga thaarafu koffi
image
ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- -ފޮޓޯ: ދިރާގު
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި 10+ ތައާރަފްކޮށްފި

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ ނޯޓް 10 އަދި 10+ ރާއްޖޭގައި ރަސްމީކޮށް ރޭ ތައާރަފުކޮށް ޕްރީ އޯޑަ އަށް ހުޅުވާލައިފި އެވެ.
އެ ދެ ފޯނު ތައާރަފުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ސެމްސަންގް ނޯޓް ސީރީޒް އަކީ ސެމްސަންގް ފޯނުތަކުގެ ތެރެއިން އެންމެ ފުރިހަމަ އަދި "ޕަވަ ޔޫސަސް" މެދުގައި އެންމެ މަގުބޫލު ފޯނު ސީރީޒް އެވެ.

ދިރާގުން ގެލެކްސީ ނޯޓް 10 ގެ ފޯނުތައް ތަފާތު ދެ ކުލައެއްގައި މި ފަހަރުގެ ޕްރީއޯޑަ ކުރުމަށް ލިބިގެން ދާނެ އެވެ. އެއީ އޯރާ ގްލޯ އަދި އޯރާ ބްލެކް އެވެ.

ނޯޓް ފޯނާއި ސެމްސަންގެ އެހެނިހެން ފޯނުތަކާއި ތަފާތުކޮށްދެނީ ފޯނުގައި އެކުލެވޭ 'އެސް ޕެން' ފީޗާތަކެވެ. މި ފަހަރު ސެމްސަންގުން ތައާރަފް ކުރި އެސް ޕެންގައި 'އެއަ ޖެސްޗަ' ނުވަތަ ރިމޯޓް ކޮންޓްރޯލް ކުރެވޭ ފީޗާއެއް ބޭނުން ކޮށްފައި ވެއެވެ.

އެ ފީޗަ ބޭނުންކޮށްގެން ފޯނުގެ ސްކްރީންގައި އަތް ނުލައި ފޯނުގެ ތަފާތު ފަންކްޝަންތައް ބޭނުން ކޮށްލެވޭނެ އެވެ. ނޯޓް 10+ ގައި 4300 މިލިއޭމްޕްއަވަ ބެޓްރީއިން މުޅި ދުވަހުގެ ޗާޖު ހިފަހައްޓާއިރު 30 މިނެޓުގެ ތެރޭގައި 70 އިންސައްތަ އަށް ޗާޖްކޮށްލެވޭ ފާސްޓް ޗާޖިން ފީޗަ އެކުލެވިގެންވެ އެވެ.

ދެން އެންމެ ފާހަގަކޮށްލެވެނީ ނޯޓް 10+ ގެ ފަސް ކެމެރާ އެވެ. އެއީ އެއް ފްރަންޓް ކެމެރާ އާއި ހަތަރު ބެކް ކެމެރާ އެވެ. އޭގެ އިތުރުން ޑިސްޕްލޭއަށް ބަލާލާއިރު ނޯޓް 10 ގެ ފޯނުތަކުގައި ވެސް ވަނީ ސެމްސަންގްގެ ހިތްގައިމު އިންފިނިޓީ އޯ ޑިސްޕްލޭ އެވެ. އަދި މި ނޫން ވެސް ތަފާތު އިނޮވެޓިވް ފީޗާސް މި ފަހަރުގެ ނޯޓް 10 ފޯނުތަކުގައި ފެނިގެންދާނެ އެވެ.

ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނުތައް، އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ތައާރަފް ކުރާ، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ.

އެހެން ކަމުން މިފަހަރު ވެސް ދިރާގު މެދުވެރިކޮށް ނޯޓް 10 އަދި 10+ ނަންގަވާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެ އެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.
ދިރާގު ސެމްސަންގް
ހިޔާލު

އިހުސާނާ

ސެމްސްންގ ގެލެކްސީ ނޯޓު 10 ވެސް ލޯންޗު ކުރީ އައިޕެޑެއް ބޭނުން ކޮށްގެންތަ؟ ހަމަ އަހާލީ!