Maldives National Institute of sports inn 5 course eh fashaifi
image
އެމްއެންއައިއެސްގެ ކޯހެއްގެ ތެރެއިން-- ފޮޓޯ: ޔޫތު މިނިސްޓްރީ
މިއުނާ ހަސަން
0 ކޮމެންޓް
 

މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް އޮފް ސްޕޯޓްސް އިން ފަސް ކޯހެއް ފަށައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ފަސް ކޯހެއް ފަށައިފި އެވެ.
މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރަށް އަހުލުވެރި ފަރާތްތައް އުފެއްދުމުގެ ގޮތުން އެ އިންސްޓިޓިއުޓުން ކުރިޔަށް ގެންދާ ކޯސްތަކެކެވެ.

މި މަހުގެ 20 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭސިކް ފުޓްބޯލް ކޯޗިން ކޯހެއް ފަށާފައި ވާއިރު މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅިގެން އެމްއެންއައިއެސް އިން ކުރިޔަށް ގެންދާ ކޯހެކެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ކޯހުގައި 30 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެމްއެންއައިއެސް އިން ބުނެ އެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ އެފްއޭއެމްގެ ކޯޗު އަހްމަދު ޝަރީފެވެ.

ހއ. ދިއްދޫގައި ބޭސިކް ސްވިމިން ކޯޗިން ކޯހެއް މި މަހުގެ 20 ވަނަ ދުވަހު ފަށާފައިވާއިރު މި ކޯހުގައި 30 ފަރާތަކުން ބައިވެރި ވެއެވެ. ސްވިމިން އެސޯސިއޭޝަނާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ކުރިޔަށްގެންދާ މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އާދަމް މުހައްމަދެވެ.

އޭގެ އިތުރުން ށ. ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިން ކޯހެއް ފަށާފައިވާއިރު އެ ކޯހުގައި 40 ފަރާތަކުން ބައިވެރި ވެއެވެ. އެ ކޯހުގައި އިރުޝާދު ދެއްވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ކޯޗު އެމްޑީ އަމްޒަދު ހޮސައިންއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މި ކޯސް މި މަހުގެ 20 އިން ފެށިގެން 26 އާ ހަމަޔަށް ކުރިޔަށް ދާނެއެވެ.

ބ. ދަރަވަންދޫގައި ވޮލީބޯލް ކޯޗިންގް ސެޓިފެކެޓް ލެވެލް 1ގެ ކޯހެއް 21 އޮގަސްޓްގައި ފަށާފައިވާއިރު ވީއޭއެމްއާ ގުޅިގެން ކުރިޔަށް ގެންދާ މި ކޯހުގައި 22 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އިސްމާއިލް ރިފާއު އެވެ.

ފުވައްމުލައް ސިޓީގައި އެފްއޭއެމްއާ އެމްއެންއައިއެސް ގުޅިގެން ފުޓްސަލް ރެފްރީ ކޯހެއް މާދަމާ ފަށަން ހަމަޖެހިފައި ވާއިރު މި ކޯހުގައި 29 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ކުޅިވަރު ކުރިއަރުވައި ކުޅިވަރަށް އަހުލުވެރި ފަރާތްތައް އުފެއްދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކޯސްތަކުގެ ތެރެއިން މާލޭގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދެވުނު ބޭސިކް ހޭންޑްބޯލް ކޯޗިން ކޯސް ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފަ އެވެ.

ހޭންޑް ބޯލް މޯލްޑިވްސްއާ ގުޅިގެން ކުރިޔަށް ގެންދިޔަ މި ކޯހުގައި 50 ފަރާތަކުން ބައިވެރިވި އިރު ކޯހުން ފާސްވެ ކޯސް ނިންމިކަމުގެ ސެޓްފިކެޓް 37 ބައިވެރިޔަކު ވަނީ ހާސިލް ކޮށްފައެވެ.

ހަށިހެޔޮ ދުޅަހެޔޮ ސިޔާސަތުގެ ދަށުން ޔޫތު މިނިސްޓްރީން އަންނަނީ ހޭލުންތެރިކަން އިތުރު ކުރުމަށާއި، ކުޅިވަރު ދިރުވައި އާލާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޔޫތު މިނިސްޓްރީ
ހިޔާލު