Zalkha konme 2 mahun india ah faruva ah dhaan jehey, beynun vanee ehee eh!
image
ޒަލްހާ---ފޮޓޯ: ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޒަލްހާ ކޮންމެ ދެމަހުން އިންޑިއާއަށް ފަރުވާއަށް ދާންޖެހޭ، ބޭނުންވަނީ އެހީ!

އުމުރުން ހަތް އަހަރުގެ އައިމިނަތު ޒަލްހާ ޒުހުރީ ވަނީ 2016 ވަނަ އަހަރު މެއި މަހުގެ ހަ ވަނަ ދުވަހު ހެދި ޓެސްޓުން ވަނީ ލޭގެ ކެންސަރަށް ޕޮސިޓިވް ވެފައެވެ. މިހާރު އެބައްޔަށް ބޭސް ކުރާތާ ތިން އަހަރު ވެފައިވާއިރު މިދިޔަ އަހަރު ޑިސެންބަރު މަހުގައި ވަނީ ފަރުވާ ފުރިހަމަ ކޮށްފައި ކަމަށް ޒަލްހާގެ ހާލަތު ސީއެންއެމް އަށް ކިޔައިދެމުން އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ޒިމްނާ ބުންޏެވެ.
ޒަލްހާ އެނުރައްކާތެރި ބަލިން ސަލާމަތްވި ނަމަވެސް އެބަލި ހަށިގަނޑަށް އަލުން އަރާފާނެތީ އިންޑިއާގެ އަރްސީސީ ހޮސްޕިޓަލަށް ކޮންމެ ދެމަހުން އެއްމަހުގައި ޑޮކްޓަރަށް ދެއްމުން ދާން ޖެހެއެވެ.

"މިހާރު އެއްކޮށް ރަނގަޅުވެފަ ހުރީ ބަލި، ކެންސަރުގެ އެއްވެސް އަލާމާތެއް މިހާރަކު ނެތް، އެކަމަކު ޗެކަޕް ކުރަން ޖެހޭތާ ކޮންމެ ދެމަހަކުން، މިއަހަރު ނިމުނީމަ އިންނާނީ ތިން މަހުން، ދެން އިންނާނީ ހަމަހުންދަނީ ކޮންމެ އަހަރަކުން، މިޙާރު ކޮންމެ ދެމަހަކު ޗެކަޕް އިންނާތީ ކޮންމެ ފަހަރަކު އިންޑިއާއަށް ދާން ޖެހެނީ، އެހެންވެ ވަރަށް ބޮޑު ހަރަދެއް ދޭ، އެކޮޅަށް ގޮސް އަންނަ އިރު އަނެއްކާ އިންނަނީ ދާން ވެފަ" ޒިމްނާ ބުންޏެވެ.

އެންސްޕާ އިން އާސަންދަގައި އެކޮޅަށް ދެވެނީ ޑޮކްޓަރެއްގެ ސިޓީއެއް ލައިގެން ކަމަށާއި މިކޮޅުގައި ކުރެވޭ ފަރުވާއެއް ވެގެން ލިޔުމެއް ލިބިފައި ނުވާ ކަމަށް ޒިމްނާ ބުންޏެވެ.

"ރާއްޖޭގައި އެއް ފަހަރަކު ކީމޯ ދިނިން، އެފަހަރު ކީމޯ ދީގެން ވަރަށް ބޮޑު ސައިޑް އިފެކްޓްސް ފެނި، ކުއްޖާ ވަރަށް ބޮޑަށް ބަލިވި، އެކޮޅުގެ ޑޮކްޓަރު ކައިރި އެވާހަކަ ބުނީމަ ބުނީ ކޮންމެ ކޮންމެ ގޮތަކަށް އެކަން ނުވާތީ ކުރާ ތާކުން އަބަދުވެސް ކުރާށޭ، އެއީ އޭ ކޮއްކޮ އަށް އެންމެ ރަނގަޅު ގޮތަކީ" ޒިމްނާ ކިޔައިދިނެވެ.އާއިލާ އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓު ނަމްބަރު: 7730000177201 ޒިމާން ޒުހުރީ (ޒަލްހާގެ ބޭބެ)
އެކައުންޓު ނަމްބަރު: 7730000090542 ޒިމްނާ ޒިހުރީ (ޒަލްހާގެ ދައްތަ)

ނަމްބަރު: 9135787 - ޒިމްނާ ޒިހުރީ (ޒަލްހާގެ ދައްތަ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު