Miadhu fenunee court gai jadhalu kurevigen dhiyathan: Faaiz
image
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު.-- ފޮޓޯ: މަޖިލިސް
4 ކޮމެންޓް
 

މިއަދު ފެނުނީ މުއްތަހަމު އާއި ހެކިވެރިޔާ އާ ދެމެ ޖަދަލު ކުރެވިގެން ދިޔަތަން: ފާއިޒް

މިއަދު ފެނިގެން ދިޔައީ މުއްތަހަމު އާއި ހެކިވެރިޔާ އާ ދެމެ ޝަރީއަތުގެ މަޖިލީހުގައި ޖަދަލު ކުރެވިގެން ދިޔަތަން ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ފާއިޒް އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނާއި ދެކޮޅަށް ކުރީގެ ނައިބު އަހުމަދު އަދީބު ހެކިބަސް ދެއްވުމުގެ ތެރެއިން، ރައީސް ޔާމީނާއި އަދީބުގެ މެދުގައި "ޖަދަލު" ކުރިތާ އިރުކޮޅެއްގެ ތެރޭގައި ފޭސްބުކްގަ އެވެ.

ފަނޑިޔާރުންގެ ހުނަރުވެރިކަމަކީ އެފަނޑިޔާރެއްގެ ކިބައިގައި ހުންނަޖެހޭ ޖުޑީޝަލް ސްކިލް ހުރުން ކަމަށާއި، ޝަރީއަތް ކުރުމުގެ ހުނަރު ނެތްނަމަ އެޝަރީއަތުން ފެންނާނެ އުނިކަން ގިނަވާނެ ކަމަށް ވެސް ފާއިޒް، ފޭސްބުކްގައި ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި ފާއިޒް އެހެން ވިދާޅުވީ ރައީސް ޔާމީނާއި އަދީބާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން ދިޔައިރު ގާޒީ އެކަން ހުއްޓުވާފައި ނުވާތީ އެވެ.

ކުރީގައި އޮންނަގޮތުން ހުވާކުރުމަށްފަހު ހަ މަސް ފަހުން ނޫނީ ޝަރީއަތްކުރާ ގޮނޑީގައި އިށީނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ. ފާއިޒް އެ އިޝާރާތް ކުރެއްވީ ކުރިން، ގާޒީ ކަމުގެ ހުވާ ކުރުމަށްފަހު ދަސްކުރާ ގާޒީ އެއްގެ ގޮތުގައި ހަ މަސް ފުރިހަމަ ކުރަންޖެހޭނެ ގޮތަށް އޮންނަ އުސޫލަށެވެ.

"މި މުއްދަތުގައި މަސައްކަތް ކުރަންޖެހެނީ ދުވަސްވީ ތަޖުރިބާކާރު ގާޒީންނާއިއެކު އެވެ. ޝަރީއަތް ކުރުމުގެ ހުނަރު ދަސްކުރުމުގެ ގޮތުންނެވެ. ބައެއް ފަހަރު ބޭރަށް ފޮނުވައިގެން އެހުނަރު ދަސްކޮށްދީފައި އެބަހުއްޓެވެ." ފާއިޒް ވިދާޅުވި އެވެ.

ހަ މަސް ދުވަހުގެ މުއްދަތު، ތިން މަހަށް ބަދަލުވެގެން ގޮސް، އެންމެ ފަހުން ވޭތިވެދިޔަ ފަސްއަހަރު ފެނިގެން ދިޔައީ އެއްވެސްކަހަަ ތަމްރީނެއްނެތި، ހުވައިކުރިގޮތަށް ޝަރީއަތް ކުރާ ގޮނޑީގައި ތިއްބަވާ ތަން ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ. ފާއިޒް އެހެން ވިދާޅުވީ އިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް އަކީ އެ ކޯޓަށް ދާދި ފަހުން އައްޔަން ކުރެވުނު ގާޒީ އެކެވެ.
ހިޔާލު

މަރެެ

ޜައީސް ޔާމީން އާ އެއްކޮލައް މީހަކު އެއްޗެއް ބުނެފިއްޔާ މި އެމްޑީޕީ ށައިތާނުތަކަކައް މިވާގޮތެއް ދޯ؟
ބުނަން ތެދެއް ތިހެން ތިހެން ތެޅިތެޅި ތިއްބާ އިރާދަކުރެއްވިއްޔާ ސޯޓުވެއްތޭނީ😜

Juhaa

މި ކަލޭގެ ޝަރީޢަތްތަކާ މި ބެހެނީ ކޮން ހައިސިއްޔަތަކުން ކޯންޗެއް ހޯދަންބާ؟

ޙިސާން

ފާއިޒު ކޮންކަމެއް ބޭނުން ވެގެން ތޯ ތި އުޅުއްވަނީ

ކާތިބު

ކުރިން އޮތް ނިޒާމުގެ ފުރިހަމަކަން ނޭނގިގެން ނޫޅެއޭ އެއްވެސްމީހަކު.