cheque thah Adheeb aai havaalukuranee Raees Yaameenge engevumah, ekan kuriah gendhan bandaaranaibu dhennevi: Ziyath
image
ރައީސް ޔާމީން (ކ) އަދި އަނިލް.-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ޗެކްތައް އަދީބާ ހަވާލުކުރަނީ ރައީސް ޔާމީންގެ އެންގެވުމަށް، އެކަން ކުރިއަށް ގެންދަން ބަނޑާރަނައިބު ދެންނެވި: ޒިއަތު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އެތައް މިލިޔަން ޑޮލަރެއްގެ ޗެކްތައް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާ ހަވާލުކުރުމަށް ރައީސް އަބްދުﷲ ޔާމީން އެންގެވި ކަމަށާއި އަދި އެކަމަކީ ރައީސް ޔާމީންގެ އެންގެވުމަށް ކުރިއަށްދާ ކަމަށް ވުމުން އެ ގޮތަށް ކުރިއަށް ގެންދިއުމަށް ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވި ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ޒިޔަތު އެހެން ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލާގައި އެމަނިކުފާނާއި ދެކޮޅަށް މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވުމުގެ ތެރޭގައި ރައީސް ޔާމީން ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ. އެގޮތުން ރައީސް ޔާމީން އަންގައިގެން ކަމަށް ބުނެ ގާނޫނާ ހިލާފު އެހާ ބޮޑު ކަމެއް ކުރި އިރު، ބަންޑާރަނައިބު ނުވަތަ އޮޑިޓާ ޖެނަރަލްގެ ލަފައެއް ހޯދިންތޯ ރައީސް ޔާމީން ޒިޔަތާ ސުވާލު ކުރި އެވެ.

ރައީސް ޔާމީނުގެ ސުވާލާ ގުޅިގެން ޒިޔަތު ވިދާޅުވީ ބަންޑާރަނައިބުގެ ލަފާ ހޯދި ކަމަށާއި، ނަމަވެސް އެކަމާއި ގުޅިގެން އޮޑިޓާ ޖެނަރަލްގެ ލަފާ ހޯދާފައި ނުވާނެ ކަމަށެވެ.

ރައީސް ޔާމީން: "ރައީސް ޔާމީން އަންގައިގެން މިހާބޮޑު ގާނޫނާ ހިލާފު ކަމެއް ކުރާއިރު ބަންޑާރަނައިބު ކީކޭތޯ ވިދާޅުވީ އެއަށް؟"

ޒިޔަތު: "ބަންޑާރަނައިބު ވިދާޅުވީ ތިއީ ރައީސް ވިދާޅުވެގެން ކުރިއަށް ގެންދާ ކަމެކޭ، ތިކަން ކުރިއަށް ގެންދެވުމަށް،"

ޒިޔަތުގެ ޖަވާބާއި އެކު ބަންޑާރަނައިބު އެ ލަފާ ދެއްވީ ލިޔުމުންތޯ ރައީސް ޔާމީން ސުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ އެއީ ބައްދަލުވުމެއްގެ ތެރެއިން ދެއްވި ލަފައެއް ކަމަށާއި، ލިޔުމުން އެކަން އަންގާފައި ނުވާ ކަމަށެވެ. އެއާ އެކު ރައީސް ޔާމީން ވަނީ ބަންޑާނަ ނައިބަކީ "ފިންގާޕްރިން ޖައްސަވައިގެން ވަންނަވާ ފޭބުޅުންގެ ތެރެއިން ބޭފުޅެއްތޯ" ސުވާލު ކުރެއްވުމުން ޒިޔަތު ވަނީ އެއީ އޭގެ ތެރެއިން ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ޒިޔަތުގެ ކޮޓަރި އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފިންގާޕްރިންޓް ޖަހައިގެން، ޒިޔަތު އެ ތަނުގައި ނެތް ނަމަވެސް ވަދެވޭނެ ކަމަށް ޝަރީއަތުގައި ޒިޔަތު ވިދާޅުވި އެވެ.
ހިޔާލު

ޙުސްނޫނު

ޔާމީން ހުރިހާކަމެއް މީހުންލައްވާ ކުރުވާފަ ހީކުރީ މި ދުނިޔޭގައި ތިބީ މުޅިން ބޯގޯސް ތަންދޮރު ނުދަންނަ ޖާހިލުން ކަމުގައެވެ. މައްސަލަ އަދީބާއި ހިސާބުން ނިންމާލެވިދާނެކަމަށެވެ. ޑރ އަފްރާޝީމް ގެ މައްސަލަ ހުމާމް އާއި ހިސާބުން ނިންމަަާލާފަ ޔާމިީން ރަޝީދުގެ މައްސަލަ 6 އެއްކަ ޕާޓެޭ އިންގެ ބޮލަށް ކަނޑާލަަފަ ފައިސާ އާއިގެން ބެޗިދާނެ ކަމަށެވެ. މިހާރު އެއްމެން ތިބީހޭލައެވެ.