Social Center'ge kudakudhinge park vaguthee gothun nagani
image
މާލޭ ކޮމިއުނިޓީ ސެންޓަރު ގޯތިތެރެ / ގޫގުލް
މިއުނާ ހަސަން
0 ކޮމެންޓް
 

ސޯޝަލް ސެންޓަރުގެ ކުޑަކުދިންގެ ޕާކް ވަގުތީގޮތުން ނަގަނީ

މާލޭ ކޮމިއުނިޓީ ސެންޓަރު ( ސޯޝަލް ސެންޓަރު) ގޯތިތެރޭގައި ހަދާފައިވާ ކުޑަކުދިންގެ ޕާކް ވަގުތީގޮތުން ނަގަން ނިންމާފައިވާކަމަށް މިނިސްޓްރީއޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ބުނެފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސެޕްޓެމްބަރު މަހުގެ 6-8 މާލޭ ކޮމިއުނިޓީ ސެންޓަރު ގޯތިތެރޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާތީ ވަގުތީގޮތުން ކުޑަކުދިންގެ ޕާކް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޮމިއުނިޓީ ސެންޓަރަކީ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އެ ތަނަކީ މުބާރާތް ބޭއްވުމަށް އެންމެ އެކަށީގެންވާ ސަރަހައްދު ކަމުގައި ފެންނާތީއާއި، އެހެން ސަރަހައްދެއްގައި އެ މުބާރަތް ބާއްވާނަމަ އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަންޖެހޭތީ ކަމަށެވެ.

ސޯޝަލް ސެންޓަރު ސެންޓާރުގައި ހުރި ކުޑަކުދިން ޕާކް އެތަނުން ނެގުމަށްފަހުގައި ވަގުތީގޮތުން އެ ޕާކް ބަހައްޓާނެ އެހެން ސަރަހައްދެ ކަނޑައެޅުމަށް ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރަމުން ދާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ސޮއި ކުރައްވާ ނެރެފައިވާ އެ ބަޔާނުގައި، ޕާކް ނެގުމުން އާންމުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް މިނިސްޓްރީގެ ފަރާތުން ވަނީ މާފައް އެދިފައެވެ.

މިއަހަރުގެ މިހާތަނަށް ހަ ރަށެއްގައި މިނިސްޓްރީން ޕާކް ގާއިމު ކޮށްފައިވާއިރު، އިތުރު 12 ރަށެއްގައި ޕާކް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީ
ހިޔާލު