Idhikolhu progressive coalition in "dhavaalaifi" namugai Rally eh baahvanee
image
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މީގެކުރިން ބޭއްވި އެއްވުމެއްގައި ރައީސް ޔާމީން: ފޮޓޯ / މިހާރު
2 ކޮމެންޓް
 

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ދަވާލައިފި" ނަމުގައި ރެލީއެއް ބާއްވަނީ

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން "ދަވާލައިފި" ނަމުގައި ރެލީއެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެ ރެލީ ބާއްވަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ ރެލީ އެހެން ރެލީތަކަށް ވުރެ ތަފާތު ވާނެ ކަމަށެވެ ތަފާތު ވާނެ ގޮޮތެއް ހާމައެއް ނުކުރައްވައެވެ. އަދި މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އެމަނިިކުފާނު ވިދާޅެއް ނުވެއެވެ.

މީގެކުރިން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ދެ ރެލީއެއް ކާނިވާ ސަރަހައްދުގައި ބާއްވާފައެވެ. އެއީ "ފޭރުމާއި ދެކޮޅަށް" އަދި ކޮބާ ނުވިއެއްނު" މި ނަމުގައި ބޭއްވި ދެ ރެލީއެވެ. މި ދެ ރެލީގައިވެސް ރައީސް ޔާމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި ރެލީތަކުގައި ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.
ހިޔާލު

މޯޑު

މާރަނަގަޅު އަހަރެމެން ގަވްމުދަވާލާފިން މިނަމުގަ ރެލީ ބޭވީޔާމު

ޣދ

ތީ މާރަނގަޅުގޮތަކައް ރެލީބާއްވާ ބަޔެއް އަމިއްލަޔައް ގަމުދަވާލާފަ އެކަމުގެ އުފަލުގައި