Raajje sarahahdhuthakakah bahaalaigen tharahgee kuranee
image
ކުޅުދުއްފުށީގެ ތަރައްގީގެ ކުރެހުމެއް
ސީއެންއެމް
2 ކޮމެންޓް
 

ރާއްޖެ ސަރަހައްދުތަކަކަށް ބަހާލައިގެން ތަރައްގީ ކުރަނީ

"މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން"ގެ ދަށުން 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތައް ތަރައްގީ ކުރުމަށް ނިންމާފައިވާ ގޮތުގެ ޕްލޭން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހުށަހަޅުއްވައިފި އެވެ.
އަސްލަމް މި ޕްލޭން ހުށަހެޅުއްވީ އެމްޑީޕީގެ ކައިންސިލަރުންގެ ކޮންފަރެންސުގައި މިއަދު އެވެ.

މި ޕްލޭންގެ ދަށުން މާލޭ ސަރަހައްދު އޮންނާނީ ގައުމުގެ އެންމެ ސެންޓްރަލް ސަރަހައްދުގެ ގޮތުގައެވެ. މާލެގެ ވަށައިގެން 100 ކިލޯމީޓަރުގެ ސަރަހައްދު ކަނޑައަޅާފައި ވަނީ "ގްރޭޓާ ސެންޓްރަލް ރީޖަން" ކަމުގައެވެ. މާލެ ވަށައިގެން 100 ކިލޯމީޓަރުގެ ތެރޭގައިވާ ރަށްތަކަށް ހިދުމަތް ދޭން ވިސްނާފައި އޮތީ މާލެއިން ނެވެ.

މީގެ އިތުރުން ފާއިތުވި ފަސް އަހަރު ޖީއެސްޓީ ދައްކާފައިވާ މިންވަރަށް ބަލާ، ބޮލަކަށް އެންމެ ބޮޑު އަދަދެއް ޖެހޭ ރަށްތަށް ކަނޑައަޅާ އެރައްތައްވަނީ އިގްތިސާދީގޮތުން ތަރައްގީ ކުރެވޭ ހަބްތަކަށް ހަދަން ނިންމާފައެވެ.

އެގޮތުން އެންމެ ވަރުގަދަ ފަސް ރީޖަނަލް އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވަނީ ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ލ. ގަމާއި ގދ. ތިނަދޫގެ އިތުރުން ސ. ހިތަދޫ އެވެ. އަދި އެރަށްތަކުގެ ވަށައިގެން 40 ކިލޯ މީޓަރުގެ ތެރޭގައި ހިމެނޭ ރަށްތައް ތަރައްގީ ކުރުމަށް ނިންމާފައިވަނީ މި ފަސްރަށުން ހިދުމަތް ލިބޭ ގޮތަށެވެ.

ފަސް ރީޖަނަލް އާބަން ސެންޓަރުގެ އިތުރުން ނުވަ ސަބް ރީޖަބަލް އާބަން ސެންޓަރު އަދި ސަބް ރީޖަންތައް ތަރައްގީ ކުރުމަށްވެސް "މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން"ގައި ހިމަނާފައި ވެއެވެ.

ތަރައްގީ
ހިޔާލު

ބަންގާޅީންގެވެރިޔާ

ދެން އެމް ޑީޕީ ގުނބޯ ހެއްދުމަށް ސަލާމް

ކޮކީ

ކައުންސިލް އިންތިހާބަށް ދައްކާލާ ދަޅައެއް.