Raees Maumoon ah Ilmuverin ge hoonu rahdheh!
image
ރައީސް މައުމޫނު
ސީއެންއެމް
3 ކޮމެންޓް
 

ރައީސް މައުމޫނަށް އިލްމުވެރިންގެ ހޫނު ރައްދެއް!

އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް ކުރީގެ ގިނަ އިލްމުވެރިންނާއި މިހާރުގެ ގިނަ އިލްމުވެރިންވެސް ވިދާޅުވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވުމުން ރާއްޖޭގެ ފުންނާބުއުސް ބައެއް އިލްމުވެރިން ރައީސް މައުމޫނަށް ރައްދު ދެއްވައިފި އެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅެއްގެ ނަން ނޮމިނޭޓޭޓް ކޮށްފައިވަނިކޮށް އަންހެނުން ފަނޑިޔާރުކަން ކުރުމާއި ގުޅޭގޮތުން ބަހުސްއަކަށް ގޮސްފައިވަނިކޮށް އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް ވިދާޅުވެ ރައީސް މައުމޫނު މިއަދު ވަނީ ޓްވިޓެއް ކުރައްވާފައެވެ. ރާއްޖޭގައި ފުރަތަމަ އަންހެނަކު ފަނޑިޔާރުކަމަށް އިސްކޮށްފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އޭގެ ފަހުން ދަށުކޯޓްތަކާއި ހައިކޯޓްގައި އަންހެން ފަނޑިޔާރުންވަނީ ފަނޑިޔާރުކަން ކުރައްވާފައެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ކުރީގެ އިލްމުވެރިންނާއި މިހާރުގެ އިލްމުވެރިން ވެސް ވިދާޅުވާ ކަމަށެވެ. އޭގެ ތެރޭގައި މުހައްމަދު އިބުނު ޖަރާރު ތަބާރީ އާއި ހަސަނުލް ބަސްރީ އާއި އަބްދުލް ކަރީމް ޒައިދާން ފަދަ އިލްމުވެރިން ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމާފަ އެވެ.

މައުމޫންގެ ޓްވީޓްގައި މިސްރަށް އުފަން އިލްމުވެރިއެއް ކަމަށްވާ ޔޫސުފް އަލް-ގަރަދާވީގެ ނަންފުޅު ހިމަނުއްވާފައިވާއިރު ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ފުންނާބުއުސް އެއް އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ ވަނީ ރައީސް މައުމޫނަށް ރައްދު ދެއްވާފައެވެ. އިޔާޒް ވިދާޅުވީ ގަރަދާވީ ވިދާޅުވެފައިވަނީ ވަކި ހާއްސަ ހާލަތްތަކެއްގައި ވަކި ހާއްސަ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ކަމުގައެވެ. އަދި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް މުއްލަގްކޮށް ގަރަދާވީ ހުއްދަ ނުކުރައްވާކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ދިނުމަކީ ހުއްދަ ކަމެއް ކަމަށް ބައެއް އިލްމުވެރިން ވިދާޅުވި ނަމަވެސް އަންހެނާ އާއި އޭނާގެ އާއިލާ އަދި މުޖުތަމަޢު އާއި އިސްލާމްދީނުގެ މަސައްލަހަތައް ބަލަން ވާނެ ކަމަށް ޣަރަދާވީ ވިދާޅުވެފައިވާ ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ ދީނީ މިފަދަ މައްސަލަ ތަކުގައި އިތުބާރު ކުރެވޭ އިލްމީ ރިފަރެންސް ނުދީ ދީނުގައި އޮތްގޮތަކަމަށް ނުވަތަ އިލްމުވެރިން ވިދާޅުވާ ގޮތަކަމަށް ވިދާޅުވެ ރައީސް މައުމޫނު އެފަދަ ވާހަކަފުޅު ދެއްކެވުމަކީ ދެރަކަމެއް ކަމުގައެވެ. މީގެއިތުރުން އެފަދަ ވާހަކައިގެ ސަބަބުން ހަމަނުޖެހުމާއި ފަސާދައަށް މަގު ކޮށިގެން ދާނެކަމަށް އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މައުމޫނަށް އަމާޒުކޮށް އިޔާޒް ކުރެއްވި އެހެން ޓްވިޓެއްގައި ވިދާޅުވީ ބާރު ލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތް ކުރަންވީ ސަބަބެއް ނޫން ކަމަށާއި ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައި އެފަދަ ނުބައި ނުހަދާ ތައުބާވެ އިސްލާހުވެވޭތޯ ބަލަންވީ ކަމުގައެވެ.


ޑރ އިޔާޒްގެ މި ޓްވިޓާއި ގުޅިގެން ޝައިހް އަލީ ޒައިދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މުންކަރާތެއް ފެށިފައި އޮތުމަކީ އެ މުންކަރާތެއް ދަމަހައްޓަންވީ ހުއްޖަތެއް ނޫންކަމުގައެވެ. ބެލެވޭ ގޮތުގައި ޒައިދު އިޝާރާތް ކުރެއްވީ ރައީސް މައުމޫނުގެ ވެރިކަމުގައި އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމުގެ މައްޗަށެވެ. ޒައިދު ވިދާޅުވީ 14 ގަރުނު ވަންދެން މިދިޔަ 1400 އަހަރުގެ ތެރޭގައި ވަޑައިގެންނެވި ބޮޑެތި އެތައްލައްކަ އިލްމުވެރިންގެ ބަސްފުޅުތަށް ދެތިން ބޭފުޅެއްގެ ނާދިރު ރައުޔަށް، މުގުރާލުމަކީ އަޖައިބުވާންޖެހޭ ކަމެއް ކަމުގައެވެ.

ރައީސް މައުމޫނަށް ރައްދުދެއްވާ ޝައިހް ހަސަން މޫސާ ފިކުރީ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް ގިނަ އިލްމުވެރިން އިއްތިފާގުވާ ކަމުގައެވެ. މީގެ އިތުރުން ގަރަދާވީ ވިދާޅުވިކަމަށް ވިދާޅުވެ ރައީސް މައުމޫނު ވިދާޅުވި ވިދާޅުވުމާއިގުޅޭ އިލްމީ ރިފަރެންސް ނުދެއްވާކަމަށާއި އެކަމަކީ ދިވެހިން މަގުފުރެއްދުމަށް ކުރައްވާކަމެއްކަމަށް ފިކުރީ ސިފަކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމާފަ އެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ނޮމިނޭޓްކޮށް ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު ދާދިފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯތުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016ގަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015ގަ އެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

އަޒްމިރަލްދާއާއި ސުޖޫން ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދި ރައީސް ފޮނުވިފަހުން އިސްލާމީ ފަތުވާދޭ މަޖިލީހުންގެ ރައުޔެއް މިހާރުވަނީ އާއްމު ވެފައެވެ. އެނިންމުމަކީ އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ކަނޑއަޅާފައުވާ ނިންމުމެކެވެ.

މި ފަތުވާއަކީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ނެރެފައިވާ ފަތުވާއެކެވެ. މި ފަތުވާ މިހާތަނަށް އާއްމުވެފައި ނުވި ނަމަވެސް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޑރ އަޒްމިރަލްޑާ ޒާހިރު އަދި ސިވިލް ކޯޓްގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސޯލިހު އިއްޔެ އެދިވަޑައިގެންނެވު ހަބަރާއިއެކު މި ފަތުވާ މިހާރުވަނީ އާއްމު ވެފައެވެ.

ފަތުވާ މަޖިލީހުގެ ނިންމުމުން ނިންމާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާއުއާއި ބަސްފުޅުތަކުގެ އަލީގައި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އޮންނަ ގޮތް ހޯދުމަށް ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އައިސްފައިވާއިރު އެ ތިން ރައުޔުވެސް ފަތުވާގައި ހިމަނާފައި ވެއެވެ. އަދި ތަފުވާ މަޖިލީހުގެ ނިންމުމުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ދުއްދަ ނޫންކަމަށް ކަނޑައަޅާފައިވަނީ އޭގެތެރެއިން އެންމެ ދަލީލުގެ ގޮތުން އެންމެ ބާރުގަދަ ރައުޔު ކަމުގައިވާ ފުރަތަމަ ރައުޔަށް ބުރަވެއެވެ.

1. ފުރަތަމަ ރައުޔު

ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި، ޚަވާރިޖުންގެ ތެރޭގައި ހިމެނީ އިބާޟީންގެ ރައުޔެވެ.

އެ ރައުޔުގެ ހުލާސާގައި މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ގިސާސާއި ހައްދުތަކާ ގުޅުންހުރި ކަމެއްގައި ވިޔަސް، ނުވަތަ އެނޫން މައްސަލައެއްގައި ވިޔަސް އެ މައްސަލަތައް ބަލައި ހުކުމްކުރުމަށް، އަންހެނަކާ ހަވާލު ކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ގަޟިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ.

2. ދެވަނަ ރައުޔު

ދެވަނަ ރައުޔުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޟިއްޔާތައް ފިޔަވައި އެހެން ހުރިހާ (މާލީ މައްސަލަތަކާއި، އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރަޢުޔެކެވެ.

3. ތިންވަނަ ރައުޔު

ތިންވަނަ ރައުޔުގައި ބުނެފައި ވަނީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. މިއީ އަލްއިމާމުއްތަބަރީގެ ރައުޔެކެވެ. މި ރައުޔަށް ތާއީދު ކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި، އަދި އެއީ އިމާމުއްތަބަރީގެ ރަޢުޔެއް ކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ. އަދި އިމާމުއްތަބަރީއަކީ ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއަކަށް ވާއިރު، އެއިން އެއްވެސް ފޮތެއްގައި މި ރަޢުޔުގެ ވާހަކަ އައިސްފައި ނުވާ ކަމަށެވެ.

މި ތިން ރައުުގެ އޭގެތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ފުރަތަމަ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރަޢުޔަށް ވާތީކަމަށް ނިންމުމުގައި ވެއެވެ. އެީ ޖުމްހޫރު އިލްމުވެރިންގެ ރައުޔުވެސް މެއެވެ.

ފަތުވާ މަޖިލީހުން ނިންމާފައި ވަނީ އަނެއް ދެ ރަޢުޔަކީ ދަލީލުގެ ގޮތުން ބަލިކަށި ބުރަދަނެއް ނެތް ދެ ރަޢުޔު ކަމަށެވެ.
ހިޔާލު

ެސުފުރާމަތި

އަހަރެމެން އެންމެ އަޑުއަހާލަން ބޭނުންވަނީ ތިކަމާ ލައިވް ބަހުސަކައް ގޮސް ވާހަކަދައްކާ މަންޡަރު އެއްކޮޅުގަ ސ އިޔާޒު އާއި އޭނަގެ ޓީމް އަނެއްކޮޅުގަ ރމައުމޫނާ އޭނަގެޓީމް އަޅުންނައް ކަމެއްއޮޅުފިލުވާދިނުމީ ﷲއެއްމެރުއްސަވާ އެއްްއެއްމެ ލޯބިވޮޑިގަންނަވާ ކަންކަމެވެ އަޅުގަންޑުމެން މިތިބީ ނޭގުމެެއްގައެވެ ރަރަންގަޅުގޮތް އެގެންބޭނުމެވެ

ތިމަންނަ

"ކޮންމެހެނެއް ހަދައިގެންވެސް މިނިކާވަގު އެ ބަކަރި ކާލަން ޖެހެއެވެ" ، މިއުސޫލުން ތިޔަ ކަމަނައަށް ފަޑިޔާރުކަން ނުދީ ސޯލިހަށް ތަިޔަ މަގާމުގައި ހުރެވެން ނެތީ ބާވައެވެ.

ކަދުރު ފަޒުނާ

މި އޮތީ ޔަހޫދީން އެމް ޑީ ޕީ އާއެކު ކުރި އެގްރިމެންޓްގެ ތަންފީޒީ މަރުހަލާ ފެށިފަ...ދެން މައުމޫނު ވެސް އެހުރީ ގަނެފަ....ދެން ތިބޭ ރާކަނިމަހެެއް ވެސް ނޫން ކެވޭނީ.....