Banguraa gengulhunu meehaku 54,000 rufiyaa in joorimanaakoffi
image
ބިޔަރު ދަޅުތަކެއް-- ފޮޓޯ: ހަޑްޖެން
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ބަނގުރާ ގެންގުޅުނު މީހަކު 54،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެއް މަސް ތެރޭ ފައިސާ ދައްކަން އަންގައިފި

ބަނގުރާ ގެންގުޅުނު މީހަކު 54،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ފަހު އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބަނގުރާ ގެންގުޅުނުކަން ޝަރީއަތަށް ސާބިތުވުމުން ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފައި ވަނީ ޅ. ހިންނަވަރު، ރަބީއީމަންޒިލް، އިބްރާހީމް ޒައީމްއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރި އިރު ޒައީމް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. އެދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިލިމާލޭ ބީއެމްއެލް ކައިރީ މަސްތުވެގެން ހުރެ އަޑުގަދަކުރަނިކޮށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޒައީމްގެނެސް އޭނާ ވަނީ ވިލިމާލޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. ފުލުހުން އޭނާގެ ހަށިގަނޑު ބަލާފާސް ކުރިއިރު، ޒައީމް ލައިގެން ހުރި ޖީންސްގެ ކަނާތް ފަރާތު ފައިކުރި ތެރެއިން ވަނީ ހަޑްޖެން ބްރޭންޑްގެ ބިޔަރު ދަޅެއް ފެނިފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ މިމައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި އާއި ޝަރީއަތުގެ މަޖިލީހުގައި އެދަޅަކީ ޒައީމްގެ ދަޅެއް ކަމަށް އޭނާ އިއުތިރާފްވެފައިވާ ކަމަށެވެ. އެހެންކަމުން 54،000 ރުފިޔާއިން ޒައީމް ޖޫރިމަނާކޮށް އެއް މަސް ދުވަސްތެރޭ އެފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
ހިޔާލު

އައިމަން

ބިޔަރު ދަޅެއް ގަންނަންލިބޭނެ އެންމެ އަގުބޮޑުކޮށްވެސް 3 ޑޮލަރަށް! ސަދޫމު ކޯޓުން ބައިލައްކަ ރުފިޔާއިން ޖޫރިމަނާތިކުރީ ކޮންގޮތަކުން؟ ބިލިއަނުން ރައްޔިތުންގެ ފައިސާ ވަގަށްނެގި މީހުން އުޑުގަ ޖެހެންދެން ގެދޮރު އިމާރާތްކުރާއިރު އެކަމެއް ހުއްޓުވޭތަ؟ އަދުލުވެރި ހުކުމް ނެރެނީ ތިޔަ ހަ...މް ފަނޑިޔާރުން ގުރުއާނުގެ ކޮން ދަލީލަކަށް ރިއާޔަތްކޮށްފަތަ؟ ތީވާ ވަރުގަދަ ކޯޓެއް!