5 aharu kurin saikaleh vagah negi meehaku 2 aharah jalah
image
މާލޭގެ މަގެއްގައި ޕާކް ކޮށްފައި އިން ސައިކަލެއް-- ފޮޓޯ: އިނަފިހް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ފަސް އަހަރު ކުރިން ސައިކަލެއް ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

މީގެ ފަސް އަހަރު ކުރިން ސައިކަލެއް ވަގެއް ނެގި މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ލ. ގަން، ސަދުބަރަކާމާގެ، އަހްމަދު އިރުފާނެވެ. އިރުފާނަށް ހުކުމް ކުރީ 2014 ވަނަ އަހަރު ވަގަށް ނެގި ސައިކަލެއްގެ މައްސަލާގައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 26 އޯގަސްޓް 2014 ގައި ހުރަވީ ބިލްޑިން ދެކޮޅުގައި އޮންނަ ގޯޅިގަނޑުތެރޭ ޕާކްކޮށްފައި އިން ސައިކަލެއް ގެއްލިފައިވާ ކަމަށެވެ. އަދި އެ ސައިކަލް ފެނިފައި ވަނީ އޭގެ ފަސް ދުވަސް ފަހުން އިރުފާނު އެ ސައިކަލް ދުއްވާފައި ގޮސް ހުޅުމާލޭ ފެރީޓާމިނަލަށް މަޑުކޮށްފައިވަނިކޮށް ކަމަށެވެ.

އިރުފާނު ސައިކަލްގައި މަޑުކޮށްގެން އިންދާ ފުލުހުން އޭނާއަށް އެ ސައިކަލު ލިބުނު ގޮތާއިމެދު ސުވާލުކުރި ކަމަށް ވެސް ހުކުމުގައި ވެއެވެ. ނަމަވެސް އެސައިކަލް އޭނާއަށް ލިބުނު ގޮތެއް ސާބިތުކޮށްދެވިފައި ނުވާތީ އެވައްކަން ކުރީ އިރުފާން ކަމަށް ކަނޑައަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.

މި މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިންނެވެ.
ހިޔާލު

އައިމަން އަލައިހި ސަލާމް

މާތްކަލާކޯ އަދިއަވަސް ތި ހުކުމް އިއްވިލެއް! މަޑުކޮށްލިނަމަ ގަރުނެއް ފަހުން ހުކުމާ ހަމައަށްދާން؟