America sifainnaa gulhigen hingi askaree thamreen nimmalaifi
image
ތަމްރީން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެމެރިކާ ސިފައިންނާ ގުޅިގެން ހިންގި އަސްކަރީ ތަމްރީން ނިންމާލައިފި

ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި "އެކްސަސައިޒް ބެލެންސް މެޓަލް 19-01" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެ ތަމްރީން ނިންމުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއޯޓަޒް ލ. ކައްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަ ޖެނެރަލް ވައިސް ވަހީދެވެ.

އެ ތަމްރީނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލްފޯސަސްގެ ސިފައިންނާއި އެމްއެންޑީއެފްގެ ސްޕެޝަލްފޯސަސްގެ ސިފައިންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި އޯގަސްޓު މަހުގެ 1 އިން 22 އަށް ކުރިއަށް ގެންދިޔަ އެ ތަމްރީންގައި އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސް، މެރިންކޯ އަދި ކޯސްޓްގާޑްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ސްޕެޝަލް ފޯސަސްގެ ކޮމާންޑަރު ލެފްޓިނަންޓް ކާނަލް އަހުމަދު ޝާމިން އާއި އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރުންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވި ދެ ގައުމުގެ ސިފައިން ވެސް ބައިވެރިވެފައި ވެއެވެ.
ހިޔާލު