Internet aa gulhey ufaa veri habaruge vaguthu kairi vejje: Maleeh
image
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިންޓަނެޓު އަގުހެޔޮކުރުމުގެ މަޝްވަރާ ނިމިއްޖެ، އުފާވެރި ހަބަރުގެ ވަގުތު ކައިރިވެއްޖެ: މިނިސްޓަރު މަލީހު

އިންޓަނެޓު އަގުހެޔޮކުރުމުގެ މަޝްމަރާ ނިމިއްޖެ ކަމަށާއި، އުފާވެރި ހަބަރުގެ ވަގުތު ކައިރިވެއްޖެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ޔުނިވާސިޓީން ތައުލީމް ހާސިލް ކުރި ދަރިވަރަކު އިންޓަނެޓަށް ދައްކަން ޖެހުނު ފައިސާގެ އަދަދު ގިނަކަމުން އެކަމަށް ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެގޮތުން އެ ދަރިވަރު ކުރި ޓުވީޓުގައި ބުނީ މިނިސްޓަރަށް ގޮވާ ނުލާ، އުނދަގޫ ނުކޮށް ވޭތޯ ވަރަށް ބަލާފައިވާ ކަމަށެވެ. ނަމަވެސް ޔުނިވަސިޓީ ތައުލީމުގައި ހޭދަކުރި ތިން އަހަރު އިންޓަނެޓް ހަރަދަށް މަހަކަށް އެވްރެޖްކޮށް ހާހެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އެއީ ސައިކަލެއް ގަނެވޭހާ ފައިސާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އެޓުވީޓަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަހެއްހާ ދުވަސްވެއްޖެ ކަމަށެވެ. އަދި އުފާވެރި ހަބަރުގެ ވަގުތު ކައިރިވެއްޖެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"ތިޔަ ފާޅުކުރެއްވި ޝުޢޫރަށް މަރުހަބާ ކިޔަން. ދަރިވަރުންނަށް އަތްފޯރާ ފަށުގަ ނެޓް ލިބުމަކީ ވަރަށް މުހިންމު ކަމެއް. އަގު ހެޔޮކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަހެއްހާ ދުވަސްވެއްޖެ. ސަރުކާރުން އަދިވެސް ރަނގަޅު ކުރެވޭތޯ ކުރާ މަސައްކަތް މިހާރު ކުރިޔަށް ދަނީ. އުފާވެރި ޚަބަރުގެ ވަގުތު ކައިރިވެއްޖެ،" މިނިސްޓަރު މަލީހު ވިދާޅުވިއެވެ.އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސުލްޖުމްޖޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ހިޔާލު