Furathama anhen fandiyaaru ayyankurevuneethee fahuruverivey: Raees Maumoon
image
ރައީސް މައުމޫން އަބްދުލްގައްޔޫމް-- ފޮޓޯ: އެޑިޝަން
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ރާއްޖޭގެ ފުރަތަމަ އަންހެން ފަނޑިޔާރު އައްޔަންކުރި ރައީސަށް ވީތީ ފަހުރުވެރިވޭ: ރައީސް މައުމޫން

ރާއްޖޭގެ ފުރަތަމަ އަންހެން ފަނޑިޔާރު އައްޔަންކުރި ރައީސަށް ވީތީ ފަހުރުވެރިވާ ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ 12 އަހަރު ކުރިން، ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޯޓަކަށް އަންހެން ފަނޑީޔާރުރަކު އައްޔަން ކުރެއްވި ރައީސަށް ވީތީ އެކަމާ ފަހުރުވެރިވާ ކަމަށެވެ. އަދި އެކަން ކުރެއްވީ އިސްލާމީ ޝަރީއާގެ ތެރެއިން، އަންހެނުންނަށް ހަމަހަމަކަން ހޯދައިދިނުމަށްޓަކައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ 2007 ވަނަ އަހަރު ވަނީ އައިޝާ ޝުޖޫން މުހައްމަދު އަދި ހުޒައިފާ މުހައްމަދު ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުންގެ ނަން ރައީސް ސޯލިހް ހުށަހެޅުމުން އެކަމާމެދު ވަނީ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ކުރީގެ ގިނަ އިލްމުވެރިންނާއި މިހާރުގެ ގިނަ އިލްމުވެރިން ވެސް ވިދާޅުވާ ކަމަށް ރައީސް މައުމޫނު ވިދާޅުވުމުން ރާއްޖޭގެ ފުންނާބު އުސް ބައެއް އިލްމުވެރިން ރައީސް މައުމޫނަށް ވަނީ ހޫނު ރައްދުތަކެއް ވެސް ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފަ އެވެ.
ހިޔާލު

ނިލަންދޫ

އަނބި ދަރިން ބުރުގާ ނާޅުވައި އޮޔާމުން ބައިތިއބުން އެއީވެސް ފަޚުރުވެރިވާންޖެހޭކަމެއްނު

ާއަސަދު

ރާއްޖޭގެ ގިނަބަޔަކަށް މަސްތުވާތަކެތި ބޯންދެވުނީތީ ފަޚުރުވެރި ނުވޭެބާ!