Gaumee hidhumathugai balanvee jinsakah noon: Jameel
image
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: ވަން
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ގައުމީ ހިދުމަތުގައި ބަލަންވީ ޖިންސަކަށް ނޫން: ޑރ. ޖަމީލް

ގައުމީ ހިދުމަތްދޭ ބޭފުޅުން އިސް ކުރައްވާއިރު ބަލަންވީ ވަކި ޖިންސަކަށް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ސްޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ހިދުމަތުގައި ބަލަންވީ ވަކި ޖިންސަކަށް ނޫން ކަމަށާއި، އިސްކަން ދޭންވީ ގާބިލްކަމާއި ނަޒާހާތްތެރިކަމަށް ކަމަށެވެ.

ފަނޑިޔާރުންގެ ގޮތުގައި މިހާރު ވެސް އަންހެން ކަނބަލުން އެބަތިއްބެވިކަން ޖަމީލު ވަނީ ފާހަގަކޮށްފައެވެ. ޖަމީލު ވިދާޅުވީ މީގެ 12 އަހަރު ކުރިން ރައީސް މައުމޫންގެ ދައުރުގައި އަންހެން ކަނބަލުންނަށް ފަނޑިޔާރުކަން ކުރެވޭގޮތަށް ނިންމާފައިވާ ކަމަށެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާ އިރު ރާއްޖޭގެ ފުރަތަމަ އަންހެން ފަނޑިޔާރު އައްޔަންކުރި ރައީސްއަށް ވީތީ ފަހުރުވެރިވާ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

އަދި އެކަން ކުރެއްވީ އިސްލާމީ ޝަރީއާގެ ތެރެއިން، އަންހެނުންނަށް ހަމަހަމަކަން ހޯދައިދިނުމަށްޓަކައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ 2007 ވަނަ އަހަރު ވަނީ އައިޝާ ޝުޖޫން މުހައްމަދު އަދި ހުޒައިފާ މުހައްމަދު ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރައްވައިފަ އެވެ.
ހިޔާލު

ސދ

ހިލަން އުޅުނު ބޮނޑިބަތްގަނޑު ކޮޅަކުނުޖެހިގެން ވާމުހާލައި ނަގިލި އެއްލީ

އިބްރާހހީމް

މަނިކުފާނަކީ އިސްލާމްދީނަށް ލޯބިކުރާ މީހެއްކަމަށް ހީކުރީމެވެ. އެހެނަސް ހިތާމައަކީ މަނިކުފާނަކީ މިސްކިތްތަކާއި ދުރު ބޭފުޅަކަށް ވުމުގެ އިތުރުން މިޤަވްމު ފަސާދަޔަށް ހުޅުވާލަން ތާއީދުކުރާ މީހަކަށް ވުމެވެ. ރައީސް މައުމޫނަކީ އިލްމުވެރިއެއްކަމަށް ދިވެހިން ހީކިރިއެވެ. 30 އަހަރު ވެރިކަން ދިނެވެ. ނަމަވެސް އެމުއްދަތުގައި އެމަނިކުފާނު ބިނާކުރީ.
1. އިސްލާމްދީން ނޭގޭ ޖީލެކެވެ.
2. އެއްޖިންސުން ގުޅުން ހިންގުމާއި ފަސާދައިގެ ޖީލެކެވެ.
3. އިސްލާމްދީނާއި އެޖީލްތައް ބީރައްޓެހިވުމުގެ ނަތީޖާއަކީ މަސްތުވާތަކެއްޗާއި ރާ އަށް އެޖީލް ވަދެގެން ދިއުމެވެ.
4. އަންހެނުން ބަރަހަނާކޮށް އޮފީސްތަކުގެ ވެރިންނާއި އެނޫންމީހުން ގެންގުޅޭ ކުޅޭ އެއްޗަކަށް ހެދިއެވެ. މީހެއްގެ އަންބެއްވިޔަސް ހުއްދަވާނެއެވެ.
5. ނަމާދުކުރުމަށް ގޮވާލީ ދުނިޔަވީ އެހެން ޒިންމާތައް އަދާކުރުމަށް ފަހު ކުރާކަމެއްގެ ގޮތުގައެވެ.