Dhashu court thakun JSC ah fandiyaaru Ali Shareef inthihaabu kohfi
image
ޖޭއެސްސީގެ މެމްބަރުކަމަށް ބޮޑު ތަފާތަކުން މިއަދު އިންތިހާބުކުރި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު.-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ދަށު ކޯޓުތަކުން ޖޭއެސްސީ އަށް ފަނޑިޔާރު އަލީ ޝަރީފް އިންތިހާބު ކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ދަށު ކޯޓުތައް ތަމްސީލުކޮށްދޭ މެމްބަރުގެ މަގާމަށް ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު މިއަދު އިންތިހާބުކޮށްފި އެވެ.
ދަށު ކޯޓުތަކުން މިހާރު ޖޭއެސްސީގައި އިންނަވަނީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. އޭނާގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ މިއަދު ބޭއްވި އިންތިހާބު އަލީ ޝަރީފް ކާމިޔާބުކުރެއްވީ އޭނާ އާ ވާދަކުރެއްވި ދެ ބޭފުޅުންގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯއްދަވައިގެންނެވެ.

އެގޮތުން އަލީ ޝަރީފަށް 127 ވޯޓް ލިބުނު އިރު، އޭނާ އާ ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ކާމިޔާބުވީ 37 ވޯޓެވެ. އަދި އެ މަގާމަށް ވާދަކުރެއްވި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަމަށް ލިބުނީ އެންމެ ވޯޓެކެވެ.

މިއަދު ބޭއްވި އިންތިހާބުގައި ހުރިހާ ޖުޑީޝަލް ދާއިރާތަކެއްގައި ވެސް ކޮންމެވެސް އެއް ރަށެއްގައި ބެހެއްޓި އެވެ. އަދި ތަފާސްހިސާބުތައް ދައްކާ ގޮތުން ދަށު ކޯޓު ފަނޑިޔާރުންގެ ތެރެއިންގެ 93 ޕަސެންޓް ފަނޑިޔާރުން މިއަދުގެ އިންތިހާބުގައި ވޯޓުލާފައި ވެއެވެ.
ހިޔާލު