Dhathuru dhiya MNU dharivarunthakeh sihhee kulli massala ehgai Male' genesfi
image
ގުޅި---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދަތުރުދިޔަ އެމްއެންޔޫ ދަރިވަރުންތަކެއް ސިއްހީ ކުއްލި މައްސަލައެއްގައި މާލެ ގެނެސްފި

ކ. ގުޅިއަށް ދަތުރުދިޔަ އެމްއެންޔޫ ދަރިވަރުންތަކެއް ސިއްހީ ކުއްލި މައްސަލަ އަކާ ގުޅިގެން މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ގުޅިއަށް ދަތުރު ދިޔަ އެމްއެންޔޫ ގެ ދަރިވަރުން ގޮވައިގެން މާލެ ދަތުރުކުރަނިކޮށް ތިން ދަރިވަރަކަށް ސިއްހީ ކުއްލި މައްސަލަ އެއް ދިމާވެގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް އެމްއޭ ސީޖީ ސްކޯޑަން ގައި މާލެ ގެނެސްފައިވާ ކަމަށެވެ.

ސިއްހީ ކުއްލި މައްސަލަ ދިމާވި ނަމަވެސް އެކުދިންނަށް ދިމާވެފައިވަނީ ކޮން ކަހަލަ މައްސަލައެއްކަމެއް އަދި ސާފެއްނުވެ އެވެ.

އެގޮތުން އެދަރިވަރުން މާލެ ގެނެސްފައިވަނީ 19:25 ހާއިރު ކަމަށާއި އެހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 18:32 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ހިޔާލު