Dr Iyaz ge maanafun message eh, Raees aai Naibu Raees ah!
image
ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފް
ސީއެންއެމް
7 ކޮމެންޓް
 

ޑރ އިޔާޒްގެ މާނަފުން މެސެޖެއް ރައީސް އާއި ނައިބު ރައީސްއަށް!

އަންހެން ފަނޑިޔާރުން ސްޕްރީމް ކޯޓަށް އައްޔަން ކުރުމާއިމެދު ބަހުސްއަކަށް ގޮސްފައި ވަނިކޮށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފްގެ މާނަފުން މެސެޖެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށާއި ބައިނު ރައީސް ފައިސަލް ނަސީމްއަށް މިރޭ ދެއްވައިފިއެވެ.
މިރޭ ޑރ އިޔާޒް ކުރެއްވި ޓްވިޓްގައިވަނީ ސޫރަތުލް އަޢުރާފްގެ 79 ވަނަ އާޔަތާއި އެ އާޔަތުގެ މާނައެވެ. މިއާޔަތުގެ މާނާގައިވަނީ ""ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރި ރަސްކަލާނގެ ރަސޫލުކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން ނަޞޭޙަތްތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ނަޞޭޙަތްތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ." މިހެންނެވެ.

މި ޓްވިޓްގައި ޑރ އިޔާޒްވަނީ ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ޓެގްކުރައްވާފައެވެ. އަދި އިޔާޒް ވިދާޅުވެފައިވަނީ މިއަދު ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްއަށް ދަންނަވަން އޮތީ މި އާޔަތުގައިވާ ވާހަކަ ކަމުގައެވެ. އެއަށް ވުރެ އިތުރަށް އިޔާޒް ތަފްސީލް ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް ޑރ އިޔާޒް ދެއްވާފައިވާ މެޖެސަކީ އިޔާޒްގެ ނަސޭހަތް ސަރުކާރުން ބަގޫލު ނުކުރިކަމާއި އެހެންކަމުން މި ސަރުކާރު ގެނައުމަށް އިޔާޒް ކުރެއްވި ތާއީދު އަނބުރާ ގެންދަވާނެކަމުގެ މެސެޖްކަމަށް ބެލެވެއެވެ. ޑރ އިޔާޒަކީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުން ހުއްދަ ނޫންކަމަށް ވިދާޅުވާ އިލްމުވެރިންގެ ތެރެއިން އެންމެ ކުރީސަފުގައި ހުންނެވި އެއް އިލްމުވެރިޔާއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބުރާސްފަތި ދުވަހު ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުކުރު ދުވަހު ވަނީ ނިންމާފަ އެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ނޮމިނޭޓްކޮށް ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު ދާދިފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯތުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016ގަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015ގަ އެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

އަޒްމިރަލްދާއާއި ސުޖޫން ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދި ރައީސް ފޮނުވިފަހުން އިސްލާމީ ފަތުވާދޭ މަޖިލީހުންގެ ރައުޔެއް މިހާރުވަނީ އާއްމު ވެފައެވެ. އެނިންމުމަކީ އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ކަނޑއަޅާފައުވާ ނިންމުމެކެވެ.

މި ފަތުވާއަކީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ނެރެފައިވާ ފަތުވާއެކެވެ. މި ފަތުވާ މިހާތަނަށް އާއްމުވެފައި ނުވި ނަމަވެސް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޑރ އަޒްމިރަލްޑާ ޒާހިރު އަދި ސިވިލް ކޯޓްގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސޯލިހު އިއްޔެ އެދިވަޑައިގެންނެވު ހަބަރާއިއެކު މި ފަތުވާ މިހާރުވަނީ އާއްމު ވެފައެވެ.

ފަތުވާ މަޖިލީހުގެ ނިންމުމުން ނިންމާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާއުއާއި ބަސްފުޅުތަކުގެ އަލީގައި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އޮންނަ ގޮތް ހޯދުމަށް ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އައިސްފައިވާއިރު އެ ތިން ރައުޔުވެސް ފަތުވާގައި ހިމަނާފައި ވެއެވެ. އަދި ތަފުވާ މަޖިލީހުގެ ނިންމުމުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ދުއްދަ ނޫންކަމަށް ކަނޑައަޅާފައިވަނީ އޭގެތެރެއިން އެންމެ ދަލީލުގެ ގޮތުން އެންމެ ބާރުގަދަ ރައުޔު ކަމުގައިވާ ފުރަތަމަ ރައުޔަށް ބުރަވެއެވެ.

1. ފުރަތަމަ ރައުޔު

ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި، ޚަވާރިޖުންގެ ތެރޭގައި ހިމެނީ އިބާޟީންގެ ރައުޔެވެ.

އެ ރައުޔުގެ ހުލާސާގައި މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ގިސާސާއި ހައްދުތަކާ ގުޅުންހުރި ކަމެއްގައި ވިޔަސް، ނުވަތަ އެނޫން މައްސަލައެއްގައި ވިޔަސް އެ މައްސަލަތައް ބަލައި ހުކުމްކުރުމަށް، އަންހެނަކާ ހަވާލު ކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ގަޟިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ.

2. ދެވަނަ ރައުޔު

ދެވަނަ ރައުޔުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޟިއްޔާތައް ފިޔަވައި އެހެން ހުރިހާ (މާލީ މައްސަލަތަކާއި، އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރަޢުޔެކެވެ.

3. ތިންވަނަ ރައުޔު

ތިންވަނަ ރައުޔުގައި ބުނެފައި ވަނީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. މިއީ އަލްއިމާމުއްތަބަރީގެ ރައުޔެކެވެ. މި ރައުޔަށް ތާއީދު ކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި، އަދި އެއީ އިމާމުއްތަބަރީގެ ރަޢުޔެއް ކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ. އަދި އިމާމުއްތަބަރީއަކީ ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއަކަށް ވާއިރު، އެއިން އެއްވެސް ފޮތެއްގައި މި ރަޢުޔުގެ ވާހަކަ އައިސްފައި ނުވާ ކަމަށެވެ.

މި ތިން ރައުުގެ އޭގެތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ފުރަތަމަ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރަޢުޔަށް ވާތީކަމަށް ނިންމުމުގައި ވެއެވެ. އެީ ޖުމްހޫރު އިލްމުވެރިންގެ ރައުޔުވެސް މެއެވެ.

ފަތުވާ މަޖިލީހުން ނިންމާފައި ވަނީ އަނެއް ދެ ރަޢުޔަކީ ދަލީލުގެ ގޮތުން ބަލިކަށި ބުރަދަނެއް ނެތް ދެ ރަޢުޔު ކަމަށެވެ.
ހިޔާލު

މީނާ

ތިޔަބައި މީހުންގެ މަށްޗަށް އަންހެނަކު ވެރިކޮށްފި ނަމަ ތިޔަބައި މީހުންގެ މަށްޗަށް ހަލާކު ހުއްޓެވެ. މިވެސް ހަދީސް އެއްގެ މާނަ

ރަތްދޮންބެ

ޢިލްމުވެރިން ސިޔާސީކަންކަމުގައި ބައިވެރިވާނީ އަމިއްްލައެދުމެއް އޮތުމުން. މިފަދަ މިރާއްޖޭގައި ޢިލްމުވެރިން ދާދެއަވަހަށް ސިޔާސީވެއެވެ. އެމީހުންގެ ނުފޫޒު ހިންގަންބޭނުންވެއެވެ. މީނަ މިސަރުކާރަށް ސަޕޯޓުނުކުރެއެކޭނުބުނާނަމެވެ. އަދި އެއީ މައްސަލައެއްވެސްނޫނެވެ. މީނަގެ ސަޕޯޓުހޯދަންދިއުމުމުން ޕާޓީލީޑަރެއްހެން ޑީލުހަދައި ޝަރުތުކުރަންޖެހޭހެއްޔެވެ. ވަކިފަރާތަކަށްނުޖެހި، އޭނައަށް މިންވަރުކުރެއްވި އެއްޗެއް އެހެންމީހުނަށް އަންގައިދިނުމުގައި ދެމިހުރީމައި ނިމުނީނޫންހެއްޔެވެ. އަމިއްްލައެދުމުން ފޯވެފަ!

ސިސޫ

ކޮންެމެ އެއްޗެއް ދެއްކިޔަސް ޖަދަލް ކުރަބަޔަކު ކުރާނެ.
ބުނަނެ އެއީ ބޮޑުވެން ވާ ސިހުރެކޭ.

މީރުބަހުރު

އަހަރެމެންނަށް އެއްޗެއް ނޭގުނަސް އިސްލާމްދީން ބިނާވެފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށް އެއީ ކީރިތީ ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ މައްޗަށް. މިދެ ނައްސުން އައިސްފައިނުވާ ކޮންމެ ކަމަކީ އަލަށް އުފައްދާކަންތައް. އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދުއައެއް.

ށުބު

ދުވަސްކޮޅަކުން ޚުތުބާވެސް އަންހެން ކަބަކުން ހިއްޕްވާނެއެވެ.ދީނުގެ ޙުކުމްތައްހުރީކީ ހަމައެކަނި
ލިޔުމުގައެއް ނޫނެވެ. ނަމާދުކުރާނެ ގޮއި ޤުރުާނުގަ އެބައޮތްތޯއެވެ. ޙައްޖަތުން ވަދާއޫގެ ޚުތުބާ ބައްލަވާށެވެ.” އެކަނބަލުންނަކީ ފިރިންގެ އަރިހުގައި ޒާތެއްގެ ހައްޔަރެއްގަ ތިބޭ ބައެކެވެ. ޢެއަކީއަމިއްލަ އަމިއްލަ އަކަށް ގޮތް ނިންމޭ ބައެއް ނޫނެވެ. މިހެންވިއިރު އެބުނާ އިންޑެޕެންޑެންސް އެންޑް އިންޕާޝަލިޓީ ކޮބައިތޯ؟؟؟

ހޮލާކޯ

ﷲ ގެ ރިސާލަތު ކަމުގައި ބުނެވޭނީ ސާފު ކަންކަމުގައެވެ. އަންހެނުންް ފަނޑިޔާރުކަންކުރުން މަނާކުރާ "ނައްޞު" އެއް ނެތެވެ. ނައްޞަކީ އެއަށް ތައުވީލެއް ނަސްޚެއް ފަދަކަމެއް ވެރިވެފަ ނެތް ޞަރީޙަ އެއްޗެކެވެ. މަނާކުރާ މީހުން ނަގާ ދަލީލަކީ "ނައްޞު" އެއް ނޫނެވެ.

ޢަހުރެން

ޢެއްމެ ހަދީސެއްވެސް އާޔަތެއްވެސް ދައްކަބަލަ ސީދާ އަންހެނުންނަަށް ގާޒީންނަށް ނުވެވޭނޭ ބުނެފައިވާ. ތިކިއަނީ ރަސޫލު ޒަމާނުގައި ނުކުރާތީއޭ. ޢޭރު ނުކުރާ ކިތައްކަންތައް އަންހެނުން މިހާރު ކުރޭ.