Fathuruveriyaa gellunuthaa haftha eh, adhives nufeney
image
ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ފަތުރުވެރިޔާ ގެއްލުނުތާ ހަފްތާއެއް، އަދިވެސް ނުފެނޭ

ކ. އަތޮޅު ކަނޑޫމާ ތިލައަށް ޑައިވިންއަށް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރާތާ މިހާރު ހަފްތާއެއްވެފައި ވާއިރު، އަދިވެސް އެމީހާ ނުފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ އުމުރުން 41 އަހަރުގެ އަންހެން މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި އެމީހާ ގެއްލުނު ހިސާބުގެ ކަނޑުގެ ސާފޭސް ބަލަމުން އަންނަ ކަމަށެވެ.

"އޯސީއޭ އެމް 7 އެސް" ސަފާރީގައި 22 ފަތުރުވެރިންގެ ގްރޫޕަކާއެކު ޑައިވިން އަށް ފޭބި އަންހެން މީހާ ގެއްލުނުކަމުގެ ރިޕޯޓު ސިފައިންނަށް ލިބުނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ މެންދުރުފަހު 01:10 ހާއިރެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ ފީނަން ފޭބިއިރު ލައިގެން ހުރީ ހުދު ކުލައިގެ ރޭޝްގާޑް ސޫޓެކެވެ. އަދި ހުދު ކުލައިގެ ފިންސަކަށް އަރައިގެން އުޅުނުއިރު ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އެމީހާ އަޅައިގެން އުޅުނު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ޑައިވިން އަށް ގޮސް އުޅޭ މީހުންނަށް ނުރައްކާތެރި ހާދިސާތަކާ ދިމާވުން ވަނީ އާއްމުވެފަ އެވެ. ބައެއް ފަހަރު ޑައިވަރުން ގެއްލޭއިރު، މައްޗަށް އަރަން އުޅުމުގެ ތެރޭގައި އުޅަނދުފަހަރުގެ ބުރަފަތީގައި ޖެހުމުގެ ހާދިސާތައް ވެސް ހިނގާފައި ވެއެވެ. އެންމެ ގިނައިން ހިނގަނީ ޑީކޯ ވުމުގެ ހާދިސާތަކެވެ.
ހިޔާލު

ޟުހަންމދ

ޑައިވިން ކުރުމަށއ މިހާރު ނުރައްކާތެރި އެއްސަބަބު ކަމަށް ބެލެވޭ ރާއްޖޭގެ ކަޑުތަކުގައި މިޔަރުވެސް ވަރަށް ގިނަ. މަސްވެރިންނަށްވެސް އެކަމުގެ އުދަގޫ ފޯރާ.