Rasmee dhathurehga Defence Chief Thailand ah furaavadaigenfi
image
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ރަސްމީ ދަތުރެއްގައި ތައިލެންޑާއި ސްރީލަންކާއަށް ފުރާވަޑައިގެންފި

ތައިލެންޑަށާއި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް އަލްވަދާއު ވިދާޅުވީ މެރިންކޯގެ ކޮމަޑާންޓް، ބްރިގޭޑިއަ ޖެނެރަލް ވައިސް ވަހީދާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕަސަނަލް ސާވިސަސް (ޖޭ1) ގެ ޕްރިންސިޕަލް ޑައިރެކްޓަރު، ކާނަލް ހުސައިން އަލީ އެވެ.

އެ ދަތުރުގައި ޗީފް އޮފް ޑިފެންސް ފޯސް، ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހު 26 އިން 28 އަށް ތައިލެންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ އެނުއަލް ޗީފް އޮފް ޑިފެންސް ކޮންފަރެންސް" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އެ ދަތުރުގައި މިމަހުގެ 29 އިން 30 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނާ" ގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހު 31 ވަނަ ދުވަހު އެވެ.
ހިޔާލު