America sifainnaa gulhigen anehkaa ves thamreen eh fashaifi
image
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް" ފަށައިފި

ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލް ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސެންޓްރަލް އޭރިއާ ހެޑްކްއޯޓަޒް، ލ. ކައްދޫގައި މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް ފްލޭޝް މެޓަލް" ފެއްޓުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއޯޓަޒް ކައްދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފަ އެވެ.

އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ތަމްރީނުތައް ކުރިއަށް ދަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކައްދޫގައެވެ. އަދި އެ ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް އާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެ އެވެ.

އޭގެ އިތުރުން މުދައްރިބުންގެ ގޮތުގައި އެމެރިކާގެ ނޭވީ ސީލްގެ ސިފައިން އެ ތަމްރީނުތަކުގައި ހަރަކާތްތެރި ވެއެވެ.

އެ އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އޮފިސަރުންނާއި، އެމެރިކާ އަސްކަރިއްޔާގެ ނޭވީ ސީލްގެ ސިފައިންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވާ ދިވެހި ސިފައިން ވެސް ބައިވެރިވެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި "އެކްސަސައިޒް ބެލެންސް މެޓަލް 19-01" ކާމިޔާބުކަމާއެކު ވަނީ ނިންމާލާފަ އެވެ.

އެ ތަމްރީނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ސިފައިންނާއި އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްގެ ސިފައިންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި އޯގަސްޓު މަހުގެ 01 އިން 22 އަށް ކުރިއަށް ގެންދިޔަ އެ ތަމްރީންގައި އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސް، މެރިންކޯ އަދި ކޯސްޓްގާޑްގެ ސިފައިން ވަނީ ބައިވެރިވެފަ އެވެ.
ހިޔާލު