Saudi aai medhuirumathi gina gaumuthakugai anhen fandiyaarun thibey: MDP
image
އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން
ސީއެންއެމް
2 ކޮމެންޓް
 

ސައޫދީ އާއި މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި އަންހެން ފަނޑިޔާރުން ތިބޭ: އެމްޑީޕީ

ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ގައުމު ކަމުގައިވާ އިންޑޮނީޝިޔާއާއި ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތުން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައިވެސް އަންހެން ޖިންސުގެ ފަނޑިޔާރުން ޝަރީޢަތް ކުރަމުން އަންނަކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޕާޓީން މިހެން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ އަޒްމިރާލްދާ ޒާހިރާއި، ޢާއިޝާ ޝުޖޫން މުޙައްމަދު ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އެ ދެ ބޭފުޅުންގެ ނަންފުޅު ފޮނުއްވާފައިވާތީ، އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން މިރޭ ނެރުނު ބަޔާނުގައެވެ.

އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް ރިޢާޔަތް ކުރާއިރު ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އެއްވެސް ޤާނޫނަކާ ހިލާފު ކަމެއް ނޫންކަމަށާއި އަދި ހަމަ އެހެންމެ، އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ހިލާފު ކަމެއް ކަމަށްވެސް ނުދެކޭ ކަމުގައެވެ.

މިމައުލޫގައި ކޮށްފައިވާ ގިނަ ދިރާސާތަކާއި، ބައިނަލް އަގްވާމީ ގިނަ އިސްލާމީ ޖަމިއްޔާތަކުން މިކަމުގައި ދެކޭ ގޮތަށް ބަލާއިރު، ކޯޓުތަކުގައި ޝަރީއަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އެޖަމްޢިއްޔާތަކުގެ ރައުޔުގައި އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ހިލާފު ކަމެއް ނޫންކަމަށާއި އަދި ހަމަ އެހެންމެ، މިނިވަން ދިމިގްރާޠީ އިސްލާމީ މުޖްތަމަޢުތަކުގައި އަންހެން ޖިންސުގެ ފަނޑިޔާރުން ކޯޓުތަކުގައި ފަނޑިޔާރުކަން ކުރަމުން ގެންދާތާ އެތައް އަހަރެއް ވެފައިވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންނެވެ. ޤައުމު ބިނާ ކުރުމުގެ މަސައްކަތުގައި ވަކީން ޚާއްޞަކޮށް ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އާބާދީގެ ދެބައިކުޅަ އެއްބައި ބާކީކޮށްފައި ޤައުމެއް ބިނާ ކުރެވިދާނެ ކަމަކަށް މިޕާޓީން ކުޑަކޮށްވެސް ޤަބޫލެއް ނުކުރަމެވެ. އިޤްޠިޞާދީ ކަންކަމުގެ އިތުރުން އިޖްތިމާޢީ އެންމެހައި ކަންކަމުގައިވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށްވެސް ލިބިދޭން ޖެހޭނެއެވެ. މިޕާޓީ ޤަބޫލުކުރާ އެއްމެ އަސާސީ އެއް އުޞޫލަކީ، އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވާނެ ކަމުގެ އުޞޫލެވެ" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ މީގެ އެތައް އަހަރެއް ކުރީންވެސް ދިވެހިރާއްޖޭގެ ކޯޓުތަކަށް އަންހެން ޖިންސުގެ ފަނޑިޔާރުން އައްޔަން ކޮށްފައިވާކަމަށާއިސްޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ނަން ފޮނުއްވި އަންހެން ދެ ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ސިވިލް ކޯޓުގައި އެތައް ބައިވަރު ޝަރީޢަތްތަކެއް ކުރައްވައި އެކަމުގެ އެތައް ބައިވަރު ތަޖްރިބާތަކެއް ލިބިވަޑައިގެންފައިވާ ކުރީގެ ދެ ފަނޑިޔާރުންކަމުގައެވެ.
ހިޔާލު

ޢައްޓަމަސް

ކޮބާ ހީވޭ ތި ސޭހުންކިވިޔެފޮތާ ދިޔަސުކޫލާ މަދަރުސާއިން ތިޔޮތީ ނުބައިކޮން ބުނެދީފަ އަލުން އިޔާޒުމެން ކިޔަވަންދާންވީ ދަންނަ ނުދަންނަ ފޮތް އެއްލާލި

އެމް.ޑީ.ޕީ ސަޕޯޓަރު

ތިޔަބުނާ ގައުމުތަކުގަ ކުރިސްޓިއަނުންވެސް އުޅޭ އެމް.ޑީ.ޕީ ކުދިންނޭ ބަޔަކު އުޅޭހާ ގޮތަކަށް އުޅެން ޖެހޭތަ..އަޖައިބެއް