Aamir Khan ge dharifulhu Ira Director akah
image
އާމިރު، އޭނާގެ ދަރިފުޅާއެކު--
0 ކޮމެންޓް
 

އާމިރު ހާނުގެ ދަރިފުޅު އީރާ ޑައިރެކްޓަރަކަށް

ބޮލީވުޑުގެ މަޝްހޫރު ބަތަލު އާމިރު ހާނުގެ އަންހެން ދަރިފުޅު އީރާގެ ޝައުގުވެރިކަން އުފެދި އޭނާގެ ފުރަތަމަ ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތް އޭނާ ފަށައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އީރާ އަންނަނީ އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމުގެ މަސައްކަތް މިހާރު ކުރަމުންނެވެ. އެގޮތުން އެ ފިލްމަކީ މިއަހަރުގެ ޑިސެމްބަރުގައިި ޕްރިމިއާ ކުރާނެ ފިލްމެއް ކަމަށް ވެއެވެ.

އެފިލްމަކީ ކޮން ކަހަލަ ހާދިސާއެއްގެ މައްޗަށް ބިނާ ކުރާ ފިލްމެއްކަން ސާފެއް ނުވެއެވެ. އެކަމަކު ބައެއް މީހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެފިލްމުގެ މަސައްކަތް އޭނާ ކުރަމުން އަންނަތާ މިހާރު ހަ މަސް ވެއްޖެ އެވެ. ބައްޕައެކޭ އެއްފަދައިން ކުރާ މަސައްކަތެއް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އީރާ އަންނަނީ ކުރަމުންނެވެ.

އީރާއަކީ އާމިރު ހާނުގެ ފުރަތަމަ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅެވެ. ޕްރޮޑިއުސަރު ރީނާ ދައްތާއާ އާމިރުގެ އެ ކައިވެންޏަށް އީރާގެ އިތުރުން ޖުނައިދު ނަމަކަށް ކިޔާ ފިރިހެން ކުއްޖަކު ވެސް ލިބިފައި ވެއެވެ. 26 އަހަރުގެ ޖުނައިދުގެ ޝައުގުވެރިކަން ހުރީ ފިލްމުތަކުގައި އެކްޓް ކުރުމަށެވެ.


- އީރާ އާއި ޖުނައިދު، އަދި އާމިރު ހާން

2002 ވަނަ އަހަރު އާމިރާއި ރީނާގެ ކައިވެނި ނިމުކަމަށް އައިއިރު އާމިރު ވަނީ 2005 ވަނަ އަހަރު ޕްރޮޑިއުސަރު ކިރަން ރާއޯއާ ކައިވެނި ކޮށްފައެވެ. އެ ކައިވެންޏަށް ވެސް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.
ހިޔާލު