Hajj roagaage sababun Imran Majileehah vadaeh nugennevi
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ޕީއެސްއެމް ނިއުސް
1 ކޮމެންޓް
 

ހައްޖު ރޯގާގެ ސަބަބުން އިމްރާން މަޖިލީހަށް ވަޑައެއްނުގެންނެވި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ބަލިވެ އުޅުއްވާތީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައެއް ނުގެންނެވި އެވެ.
އިމްރާނާ ސުވާލުކުރެއްވުމަށް ހުށަހަޅާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހެޅި ސުވާލުގައި ވަނީ 2012 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ސާފުކޮށްދިނުމަށެވެ.

މިދިޔަ ޖުލައި މަހު އެ ސުވާލު ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާފައި ވާއިރު، މިއަދު އޮތް 19 ވަނަ މަޖިލީހުގެ 39 ވަނަ ޖަލްސާއަށް އިމްރާން ހާޒިރު ކުރެއްވުމަށް އޮތީ އެޖެންޑާކޮށްފަ އެވެ.

އެކަމަކު މަޖިލިސް ޖަލްސާ ފެއްޓެވުމަށް ފަހު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ހައްޖު ރޯގާ" ގެ ސަބަބުން މަޖިލީހަށް ވަޑައިނުގެންނެވޭނެކަން އަންގާ އިމްރާނުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

"ވިދާޅުވީ ހައްޖު ރޯގާގެ ތުރާގައި އުޅުއްވާ ކަމަށް. އެހެންވީމާ މިއަދު ވަޑައިގެންނެވެން ނެތް ވާހަކަ. އަޅުގަނޑު ދެންނެވިން އަވަސް ޝިފާއަކަށް އެދޭ ވާހަކަ އާއި ވީހާވެސް އަވަހަކަށް ފުރިހަމަ ސިއްހަތަކަށް ވަޑައިގެންނެވުނީމާ މި މަޖިލީހަށް ވަޑައިގެން ދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން، ވަޒީރަކާ ސުވާލުކުރަން ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުލައި އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ. މިމައްސަލާގައި އިމްރާނާ ސުވާލު ކުރެއްވުމަށްޓަކައި ފޮނުވި ނޯޓިހުގެ މުއްދަތު ހަމަވީ އިރުވެސް އެމަނިކުފާނު މަޖިލީހަށް ވަޑައިގަނެފައެއް ނުވެއެވެ.

މިނިސްޓަރަށް ވަޑައިނުގެނެވުނީ ގައުމުން ބޭރުގައި އުޅުއްވާތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިނިސްޓަރު އިމްރާން ވަނީ ދާދި ފަހުން ހައްޖު މަތުވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ވެސް ވަޑައިގެންފައެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅޭގޮތުން ވެސް މިނިސްޓަރު އިމްރާނާ މީގެ ކުރިން ވަނީ ސުވާލުކޮށްފައެވެ.
ހިޔާލު

އއއ

އޭނާ ތިޔަތަނަށް ދާނެހެން ހިޔެއްނުވޭ!