Umurun 14 aharun feshigen nafsaanee massala thah dhimaa vey
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އުމުރުން 14 އަހަރުން ފެށިގެން ނަފްސާނީ މައްސަލަތައް ދިމާވޭ

ގިނަ މީހުންނަށް ހީވެފައި އޮންނަނީ ނަފްސާނީ ބަލިމަޑުކަމަކީ ހަމައެކަނި ބޮޑެތި މީހުންނަށް ކުރިމަތިވާ ކަމެއް ކަމުގައެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ބަލިމަޑުކަން އެންމެ 14 އަހަރުގައި ފެށިގެން ކުރިމަތިވެ އެވެ.
ފުރާވަރަށް އަރާ އެ އުމުރުގައި ފުރައްސާރަ ކުރުމާއި، ފޮށުމާއި، ހަނގާ ކުރުމުގެ ޝިކާރައަކަށްވެ، ގިނަ ކުދިން ނަފްސާނީ ބަލިމަޑިކަމުގެ ތެރެއަށް ވެއްޓިގެން ދެއެވެ.

ކުދިން އެންމެ ގިނައިން ވަގުތު ހޭދަކުރަނީ ސްކޫލުގައި ކަމަށް ވާއިރު ހާއްސަކޮށް ހަނގާ ކުރުމުގެ ކަންތައްތައް ކުދިންނަށް މި ދިމާވަނީ އެ މާހައުލުންނެވެ. ނަމަވެސް ގިނަ މުދައްރިސުންނަށާއި ސްކޫލުތަކުގެ މެނޭޖްމެންޓްތަކަށް ވެސް މިކަމުން ކުދިން ރައްކާތެރިކުރުމަށް ނުވަތަ މިފަދަ އަމަލުތައް ހުއްޓުވުމަކީ ފަސޭހަކަމެއް ނޫނެވެ.

އެހެންކަމުން އެފަދަ ނަފްސާނީ ބަލިތައް ދިމާވުމުން ކަންކުރަންވީ ގޮތްތައް ނުވަތަ އެފަދަ ކަންތައްތަކުން ރައްކާތެރިވުމަށް މައިންބަފައިން އެ ކުދިން ކުޑައިރުއްސުރެ ތަމްރީންކުރަން އެބަޖެހެ އެވެ.

މައިންބަފައިން ކުދިންނާއި ގާތް ގުޅުމެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުދިންނާ ކަންކަމާ ބެހޭ ގޮތުން ގިނައިން ވާހަކަ ދައްކާނަމަ އެފަދަ ކަންތައްތައް ދިމާވުމުން އެކުދިން މައިންބަފައިން ގާތުގައި އެވާހަކަތައް ހިއްސާކުރާނެ އެވެ.

މިގޮތަށް ކަންތައްތައް ނުދާނަމަ ކުދިން އެވާހަކަތައް ހިއްސާކުރާނެ މީހަކު ނެތި ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓި އަމިއްލަ ފުރާނައަށް ނުރައްކާދޭ ހިސާބަށް ދިޔުން ވެސް އެކަށީގެންވެ އެވެ.
ހިޔާލު