Anhen fandiyaarunnah kureege Raees Waheed adhi Azima Shukoor ves thaaeedhu
image
ށް ކުރީގެ ރައީސް ވަހީދު އަދި އާޒިމާ ޝަކޫރު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އަންހެން ފަނޑިޔާރުންނަށް ކުރީގެ ރައީސް ވަހީދު އަދި އާޒިމާ ޝަކޫރު ވެސް ތާއީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައި ވާތީ އެ ނިންމުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ފޭސްބުކްގައި މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަޒްމިރަލްދާ އާއި ޝުޖޫން ފަނޑިޔާރު ކަމަށް ގެނައުމަށް ތާއީދު ކުރައްވާ ކަމަށާއި އެ ކަނބަލުންގެ ބައިވެރިވުމާއެކު ސްޕްރީމް ކޯޓުގެ ހިންގުން ވެސް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖޭއެސްސީގެ ލަފަޔަކަށް އެދިފައި ވާތީ އެކަމަށްޓަކައި ރައީސް ސޯލިހަށް ވެސް ވަހީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ވަހީދުގެ އެ ޕޯސްޓަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވެސް ކޮމެންޓް ކުރައްވާފައި ވެއެވެ. އާޒިމާ ވިދާޅުވީ ލަފަޔަކަށް އެދިފައިވާ ދެ ކަނބަލުންނަކީ ވަރަށް ގާބިލު ދެކަނބަލުން ކަމަށާއި އެ ނިންމެވުމަކީ ކުރިއެރުމަށް މަގުފަހިވާ ނިންމުމެއް ކަމަށެވެ.

އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ގުޅިގެން ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން ކަމަށާއި، އަދި އަންހެނަކު ފަނޑިޔާރުކަމަށް އައްޔަން ކުރުމަކީ ވެސް ފާފަވެރިވާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް މިއީ ފަނޑިޔާރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައެއްކަން ފާހަގަކޮށް އެ ޕާޓީއިން ބުނީ ހިޔާލުތަފާތުވުން އުފެދޭ ހާލަތްތަކުގައި އަމަލު ކުރަން އޮންނަ ގޮތަކީ އަނެކާގެ ރައުޔަށް އިހްތިރާމް ކުރުމާއި އިސްލާމީ ޝަރުއީ މަސްދަރުތަކުން ނަގުލުވާ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ހައްގަށް ވާސިލުވުމަށް މަސައްކަތް ކުރުން ކަމަށާއި އިހްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރު ކުރާ މީހާ އޭނާއަށް އިހްތިޔާރު ކުރެވުނީ އެކަމުގައި އޮންނަ ގޯސް ރައުޔު ކަމުގައި ވީނަމަވެސް، ފާފަވެރި ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
ހިޔާލު