Scienceveringe conference aai Tech fair fashaifi
image
ޓެކްފެއާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--
0 ކޮމެންޓް
 

ސައިންސްވެރިންގެ ކޮންފަރެންސާއި ޓެކްފެއާ ފަށައިފި

އއ. އުކުޅަހުގައި އުގައިލް ފައުންޑޭޝަނުން ބާއްވާ ޓެކްފެއާ އާއި އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ސައިންސްވެރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސް މިއަދު ފަށައިފި އެވެ.
އުކުޅަހު ކޮންފަރެންސް ސެންޓަރުގައި މިއަދު ފެށި ސައިންސްވެރިންގެ ކޮންފަރެންސާއި ޓެކް ފެއާ ފައްޓަވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިމަހުގެ 29 ގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންފަރެންސާއި ޓެކް ފެއާ ފައްޓަވައިދެއްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ދިރިއުޅޭ ބަޔަކަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީއަކީ ބޮޑު ދައުރެއް އަދާ ކުރާ އެއްޗެއް ކަމަށެވެ.

ބްރެޑްފޯޑް ޔުނިވާސިޓީއަކީ ޕްރޮފެސާ ހަސަން އުގައިލް މަސައްކަތް ކުރައްވާ ޔުނިވާސިޓީ އެވެ. އެގޮތުން ކޮންމެ އަހަރަކު އެ ޔުނިވާސިޓީން ބާއްވާ އެ ކޮންފަރެންސް އުކުޅަހުގައި ބޭއްވުމުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އުގައިލް ވިދާޅުވި އެވެ.

އުގައިލް ވިދާޅުވީ ކޮންފަރެންސް ކުރިއަށްދާ ކޮންމެ ދުވަހަކު އުކުޅަހަށް އެއް މިލިއަން ރުފިޔާގެ އާމްދަނީ އެއްވެސް ލިބޭނެ ކަމަށެވެ.

އެ ކޮންފަރެންސްގައި 75 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އެކި ގައުމުތަކުގެ 48 ސައިންވެރިންނާއި ޓެކްނިކަލް މީހުން ވެސް ހިމެނެ އެވެ.

ޓެކް ފެއާގައި 26 ފަރާތަކުން ސްޓޯލްތައް ހަދާފައި ވެއެވެ. އޭގެ ތެރޭގައި ކުންފުނިތަކާއި ދައުލަތުގެ ވުޒާރާތައް ވެސް ހިމެނެ އެވެ.

އުގައިލް ވިދާޅުވީ ޓެކް ފެއާގެ ބޭނުމަކީ ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިން ހޯދާ ކުރިއެރުންތައް ދައްކާލާ، ބައިނަލްއަގްވާމީ ސައިންޓިސްޓުންގެ އިރުޝާދުތައް އެ އުފެއްދުންތަކަށް ހޯދައިދިނުން ކަމަށެވެ.
ހިޔާލު