Nihan PNC in isthiufaa dheefi
image
ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން-- ފޮޓޯ: ސަން
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ޕީއެންސީގެ ނައިބު ރައީސް ކަމާއި މެމްބަރުކަމުން ނިހާން އިސްތިއުފާ ދީފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަހްމަދު ނިހާން އެޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވި ޕީއެންސީން ނިހާން ވަކިވިކަން އޭނާ ހާމަކުރެއްވީ މިއަދު މެންދުރުފަހު ކުރެއްވި ޓްވީޓަކުންނެވެ. ޓްވީޓްގައި ނިހާން ވިދާޅުވީ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުންނާއި ޕާޓީގެ މެމްބަރުކަމުން މިއަދުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.

ޕީއެންސީން ވަކިވި ސީދާ ސަބަބެއް ނިހާން ހާމަކޮށްފައެއް ނުވެއެވެ. އިސްތިއުފާ ދިނުމާއި ގުޅިގެން ނިހާންގެ ބަހެއް ހޯދުމަށް ސީއެންއެމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމަށް ނިހާން އިންތިހާބުވީ މިދިޔަ އޭޕްރީލް މަހު ބޭއްވި އެޕާޓީގެ ކޮންގްރެސް އިންތިހާބުންނެވެ. ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލްގައި ކުރިއަށް ދިޔަ ކޮންގްރެސްގައި އެޕާޓީގެ ނައިބު ރައީސް ކަމަށް ފަސް ބޭފުޅަކު ވާދަ ކުރެއްވި އިރު، އެމަގާމަށް ވަނީ ހަތަރު ބޭފުޅަކު ހޮވައިފައެވެ.

ނިހާންގެ އިތުރުން ޕީއެންސީގެ ނައިބު ރައީސްކަމަށް އައްޔަންކުރީ މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދާއި އޭރުގެ ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ލަންކާގެ ކުރީގެ އެމްބަސަޑަރު މުހައްމަދު ހުސައިން ޝަރީފެވެ.

ނިހާން ވަނީ މީގެ ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި ނިމިދިޔަ 18 ވަނަ މަޖިލީހުގެ ވިލިމާލެ ދާއިރާ މެމްބަރުގެ ގޮތުގައި ނިހާން އިންތިހާބްވިއެވެ.

ނިހާން ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އެދާއިރަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަބްދުﷲ ސަނީފެވެ.
ހިޔާލު

ތުބުޅި ސުޖާ

ދޮންކެޔޮ ބުރޯއަށްވެސް މިޔަދު ވިސްނިއްޖެ މުލުވަގު ދިފާއުކުރަން ހުރެގެން ދޮންކެޔޮ ބުރޯވެސް ޤާނޫނީ ގޮޅިޔަކަށް ފެތޭނެކަން، ނިމިދިޔަ ފަސްއަހަރު ރައްޔިތުންގެ ފައިސާއިން ދޮންކެޔޮބުރޯމެން ދިޔައީފެންވަރަމުން، އަޗާތަޅަމުން، އަގުބޯޑު ގަޑިތައް އަޅަމުން، އަގުބޮޑު ފުލެޓްތަކުގައި އުޅެމުން، ދެއިރުކާބޭހެއްގޮތައް ރާއްޖެއިން ބޭރަށް ދަތުރުކުރަމުން، އަގުބޮޑު ކާރުތައް ގަންނަމުން...... ޖޭޕީއަށް ތިދަނީ ސަލާމަތްވާނެކަމައްތޯ؟ ނޫނޭ ބޮޑުފޮށިގަ އޮތަސް ޤާނޫނުގެ ދިގުއަތް ފޯރާނެ