Raees Yameen ge aris 5 beyfulhaku JP ah soi kuranee
image
ޖޭޕީ އަށް ސޮއި ކުރަން ތައްޔާރުވެފައިވާ ފަސް ބޭފުޅުން.-- ފޮޓޯތައް: މިހާރު އަދި ސަން
6 ކޮމެންޓް
 

ރައީސް ޔާމީނުގެ އަރިސް ފަސް ބޭފުޅަކު ޖޭޕީ އަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ފަސް ބޭފުޅަކު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހް "ސީއެންއެމް" އަށް ވިދާޅުވީ، އޭނާގެ އިތުރުން ކުރީގެ ތިން މެމްބަރަކު މިރޭ ޖޭޕީ އަށް ސޮއި ކުރާނެ ކަމަށެވެ. އެގޮތުން ފަލާގެ އިތުރުން ސޮއި ކުރާ ތިން މެމްބަރުނަނަކީ ވިލިމާލެދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން އާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލުގެ އިތުރުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާ ވިދާޅުވީ މިރޭ ސޮއި ކުރާ ބޭފުޅުންގެ އިތުރުން، ރައީސް ޔާމީން ފަހުން އުފެއްދެވި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް އަންނަ ހަފްތާގެ ތެރޭގައި ޖޭޕީ އަށް ސޮއި ކުރައްވާނެ ކަމަށެވެ. އަދުރޭ އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އެވެ.

ޖޭޕީ އަށް ގުޅެން ނިންމީ، މިވަގުތު ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށް ފަލާ ވިދާޅުވި އެވެ. އޭގެ އިތުރުން ގުޅިގެން ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށާއި، އެކަން ކުރެވޭނީ ވެސް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ތެރެއިން ކަމަށް ފަލާ ގަބޫލުކުރައްވަ އެވެ. އޭގެ އިތުރުން "މިއީ ބަރާބަރު، އެއް ވަނައިގެ" ސަރުކާރެއް ކަމަށް ވެސް ފަލާ ވިދާޅުވި އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ތެރެއިން ވެސް ރައީސް ޔާމީނަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ އެ މަނިކުފާނުގެ ޕީޕިއެމް އާއި ޕީއެންސީ ދޫކޮށް، ޖޭޕީ އާ ގުޅިފަ އެވެ.
ހިޔާލު

ޖަރާސީމު

ގާސިމޫ ތިޔަގެންނަނީ ހުސްވަގުން ވިސްނާ ވިސްނާ ތިއީ ރައްޔިތުންގެ ހަޒާނާ ދަވާލި ބައިގަނޑު ތިވެރިން ގާސިމު ފަވާލައިފަ ވިލާ ދަވާލާނެ ވިސްނާ ވިސްނާ

ޙުސެން

މިހާ ހިސާބުން ޖޭޕީ ސަރުކާރު ކޯލީޝަން ގައި އޮވެއްޖެނަމަ އަޅުގަނޑުމެން ކޯލީޝަން އުފެއްދި މަޤްޞަދު ގެއްލުނީއެވެ. ވީމާ އެމްޑީޕީ ގެ މެމބަރުން އަލުން މަގުމައްޗައް ނުކުނަން ޖެހުނީއެވެ. އަޅުގަނދުމެން ނުކުތީ ކޮރަޕްޝަނާއި ދެކޮޅަށެވެ. ޚާއޮނުންނާއި ވަގުންނާއި ދެކޮޅަށެވެ.

ލަތީފު

ޖޭޕީ ގެދުވަސްދިޔައީ ބަލަގަ ޔާމީނުދޫކޮއްލީކީވެބާ؟

ސިއްދީޤް

މުލުވަގު ސަލާމަތް ނުވާނެކަން ޔަޤީންވުމުން ދެންތިބި ވަގުންތައް ކުލަބަދަލުކުރަނީދޯ؟ ދެންމިތިބި ވަގުންނަކީވެސް މުލުވަގަށް ޤައުމުގެ ޙަޒާނާ ލޫޓްވުމަށްއެހީވެ އަދި ޙަޒާނާއިން ވައްކަންކުރި ވަގުން. ޖޭޕީ އަކީ ފެށުނީއްސުރެއް ވަގުންނާ މުޖުރިމުންނާ ރައްޔިތުންނަށް އަނިޔާކުރި ކުރީސަރުކާރުގެ އެންމެން ހިމާޔަތައްވަންނަތަނެއް. ސޭޓް ބަލާނީ ޕާޓީއަށް ބޯގިނަކުރެވޭތޯ، ސޭޓްގެ ބޮލުގައި އަބަދުވެސް އިންނަނީ ވެރިކަން، މިހުރިހާވަގުން ސޭޓަށް ވެރިކަން ހޯދަދޭނަމޭކިޔައިގެން ސޭޓްގެ ޕާޓީ ނިވާފަތްގަނޑަކަށް ހަދަނީ. ރައްޔިތުން ހޭލާތިބޭތި، މީހަމަ އެވައްކަންކޮށް ފަސްއަހަރު ރައްޔިތުންނަށް އަނިޔާކުރިމީހުން

ހިލަބެ

2 ފަހަރަކުނޫން ހަފަހަރުވެސް ކަށިޖާނެ ދުނިޔޭގައި ކެހެއްޓެވި ބަޔަކަށް ފެއްނާނެ.
ޔަމީން ޢާއި ފާތުން ސޮއިނުކޮށްފިއްޔާ ވެދާނެ
މިސިޔާސީ މީހުންގެ ލަދުޙަޔާތް އިންތާ ވަޅުވެސްނެތީ އެފަކީރު ޖަލަށްލައިގެން ހަންދެމި މީހުން ބޮލާއި އެއްކޮން ހުދުފޮށާ އަޅައިގެން އެއަށްނަނީ ސަހަލު ކަމަކައިގެން ނޫންކަން ކަށަވަރު

މީހާ

ހުސް ވިކޭ.... ވަގުން