Ali Waheed Malaysia ge Tourism Minister aa bahdhalu kuravvaifi
image
މެލޭޝިއާގެ މިނިސްޓާ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ މުހައްމަދިން ކެޓަޕީއާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިއުނާ ހަސަން
0 ކޮމެންޓް
 

މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ މިނިސްޓާ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ މުހައްމަދިން ކެޓަޕީ އާއި ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރެއްވީ، ވޯލްޑް ޓޫރިޒަމް ޑޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގަ އެވެ.

މުހައްމަދިން ކެޓަޕީއާ ބައްދަލުކުރައްވާ މިނިސްޓަރު އަލީ ވަހީދު ވަނީ މެލޭޝިއާއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފަ އެވެ.

އެ ދެބޭފުޅުންގެ ބައްދަލުވުމުގައި، މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ރާއްޖޭ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމާއި، މަސައްކަތު ބައްދަލުވުންތައް ބޭވުމަށް މަޝްވަރާ ކުރެއްވި އެވެ.

އޭގެ އިތުރުން ވެސް ދެ ގައުމަށް ފައިދާވާނެ ފަދަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މެލޭޝިއާ ހިމެނިފައި ވަނީ އެންމެ މަދުން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގަ އެވެ. އެހެންކަމުން މިނިސްޓަރުގެ މި ބައްދަލުވުމުގައި މެލޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ގެނެސް، މެލޭޝިއާގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

މިނިސްޓަރު އަލީ ވަހީދުގެ ދަތުރުގައި މިއަދު ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަޑައިގެން، ރާއްޖެއިން މެލޭޝިއާއަށް ކަންޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރު ވިސާމް އަލީއާ ވެސް ބައްދަލުކުރައްވާފަ އެވެ.


ވޯލްޑް ޓޫރިޒަމް ކޮންފަރެންސްގައި ބައިވެރިވުމަށް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާށް ވަޑައިގެންފައި ވަނީ ފަތުރުވެރިކަމާ ބެހޭ ޖަމުއިއްޔާ, ވޯލްޑް ޓުއަރިޒްމް އޯރގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ދެއްވި ދައުވަތަކަށް، ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައެވެ.
ހިޔާލު