Judiciary Committee inn Shujoonaai Azmiralda ah ruhun dheefi
image
ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު--
މިއުނާ ހަސަން
0 ކޮމެންޓް
 

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޝުޖޫނާއި އަޒްމިރަލްދާ އަށް ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް އައޝާ ޝުޖޫނާއި ޑރ. އަޒްމިރަލްދާ ޒާހިރަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުން ދީފި އެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ރުހުން ދީފައިވާ މި ދެބޭފުޅުންނަށް މަޖިލީހުގެ ކޮމިޓީން ރުހުން ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ ދެބޭފުޅުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ހައި ކޯޓުގެ ހަތަރު ފަނޑިޔާރުންގެ ތެރެއިން އަލީ ސަމީރާއި ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން މުހައްމަދު ނިޔާޒަށް ވެސް ކޮމިޓީން ވަނީ ރުހުން ދީފަ އެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވާފައި ނުވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި ކުރެއްވި އިންޓަވިއުއަށް އަބްދުﷲ ހަމީދު ވަޑައިގަންފައެއް ނުވެ އެވެ.

ރޭގެ ވަގުތެއްގައި ރުހުން ދެއްވި އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ދީނީ ބައެއް އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.
ހިޔާލު