Filan Ulhunu Mahsalaagai Adheeb ge machah dhauvaa ufulaifi
image
އަދީބު ފިލައިގެން ދާން އުޅުނީ ވާގޯ 9 ޓަގު ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި.
0 ކޮމެންޓް
 

ފިލަން އުޅުނު މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ އުފުލައިފި

ސްޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ފިލައިގެން ރާއްޖޭން ބޭރަށް ދިޔަ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލާގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

އަދީބު ފިލަން މަސައްކަތް ކުރީ ރާއްޖޭން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން އަށް ދިޔަ "ވާގޯ 9" ނަމަކަށްކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން އޮޅުވާލައިގެންނެވެ. ނަމަވެސް އިންޑިއާ އަށް އެތެރެވުމުގެ ކުރިން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ޓަގު ހިފަހައްޓާ، ރާއްޖެ އާ ހަވާލުކޮށްފަ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ އަދީބު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ. ނަމަވެސް ފަހުން ސްޕްރީމް ކޯޓުން ވަނީ އަދީބުގެ މައްޗަށް ކުރާ މާބިންހުރާ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

އަދީބު ބުނެފައިވަނީ އޭނާ ފިލަން މަސައްކަތްކުރީ އެމްއެމްޕީއާރުސީ މައްސަލާގެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރަމުން ދާތީވެ، ނުފޫޒުގަދަ ފަރާތްތަކަކުން އޭނާ އަށް އިންޒާރުދީ ބިރުދައްކަމުންދާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދީބު ކޯޓުގައި ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
ހިޔާލު