Olhuvaalaigen etherekuri 21 vehicle hoadhaifi
image
ވަގަށް އެތެރެކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ސައިކަލުތަކެއް.-- ފޮޓޯ: ކަސްޓަމްސް
0 ކޮމެންޓް
 

އޮޅުވާލައިގެން އެތެރެކުރި 21 ވެހިކަލް ހޯދައިފި

ލަކުޑީގެ ގޮތުގައި އޮޅުވާލައިގެން ރާއްޖެ އަށް އެތެރެކުރި 21 ވެހިކަލެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހޮނިހިރު ދުވަހު ރާއްޖެ އަށް އޮޅުވާލައިގެން އެތެރެކުރި ދެ ކޮންޓެއިނަރުގައި ތިން ކާރާއި، ދެ ޕިކަޕުގެ އިތުރުން ދެ ވޭން އަދި 14 ސައިކަލު ކަސްޓަމުން ހިފަހައްޓާފައިވާ ކަމަށެވެ.

އެ އެއްޗެހީގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރާނެ ކަމަށް ކަސްޓަމުން ލަފާކުރެ އެވެ. ކަސްޓަމުން ބުނީ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ވަގަށް އެތެރެކުރި ވެހިކަލްތަކުގެ ތެރެއިން ބައެއް އެއްޗެހި ފުލުހުންނާއި ކަސްޓަމުން ގުޅިގެން ހޯދީ ހުޅުމާލޭގައި ފޮރުވާފައި ހުއްޓަ އެވެ. އަދި އެ އެއްޗެހި މާލޭ ވިޔަފާރި ބަނދަރުން ނެރެގެން ގެންގޮސްފައިވަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ވެސް އެއްވެސް ފައިސާ އެއް ނުދައްކާ ކަމަށް ވެއެވެ.
ހިޔާލު