Thuhthu dharifulhah dhinumah thahyaaru kurevidhaane baeh kaanaa
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ތުއްތު ދަރިފުޅަށް ދިނުމަށް ތައްޔާރު ކުރެވިދާނެ ބައެއް ކާނާ

ކުއްޖާއަށް އުމުރުން ހަ މަސް ދުވަސް ފުރުމުން އެ ކުއްޖާގެ ކެއުމަށް އިތުރު ކާނާ ތައާރަފް ކުރަންޖެހެއެވެ. އިތުރު ކާނާ ކާން ދޭން ފެށުމަކީ ދަރިފުޅު ފުރިހަމަ ކަމާއެކު ހެދިބޮޑުވުމަށް އެހީވެދޭ އަދި ސިކުނޑި ތަރައްގީކޮށްދޭ ކަމެކެވެ.
ތައްޔާރު ކުރެވިދާނެ ބައެއް ކާނާތައް

ބިންބި ބަކުން
ބޭނުންވާ ތަކެތި
1. ދެ މޭޒުމަތީ ސަމުސާ ބިންބި (މުގުރާފައި)
2. 1/2 ޖޯޑު ކާށިކިރު ނުވަތަ އާދަވެގެން ދަރިފުޅަށް ދޭ ދަޅުކިރު

މުގުރި ބިންބި ފުށުގެ ތެރެއަށް ކިރުފޮދު އަޅާފައި ރޯފިލަންދެން ކައްކާލާށެވެ. އެއަށްފަހު ހިހޫވުމުން ދަރިފުޅަށް ކާންދޭށެވެ.

މިކްސް ފުރުޓް
ބޭނުންވާ ތަކެތި
1. 1/2 އާފަލެއް
2. އެއް ދޮންކެޔޮ
2. 1/2 އޮރެންޖު

މިތަކެތި ރަނގަޅަށް ދޮވެލުމަށްފަހު މިކްސަރުން ރަނގަޅަށް އެއްކޮށްލާފައި ދޭށެވެ.

އަލުވި ގަރުދިޔަ
ބޭނުންވާ ތަކެތި
1. ކުޑަ ގަރުދިޔަ މަސްކޮޅެއް
2. ގަރުދިޔަ (ލޮނު ނުލައި ކައްކާފައި)
3. 1/2 އަލުވި ފެނު ކައްކާފައި

އަލުވި ކުޑަ ގަރުދިޔަ ފޮދެއްގައި މަސްކޮޅާއެކު ޗިސްކޮށްފައި ދެވިދާނެއެވެ.

ދޮންކެޔޮ ޏަމްޏަމް
ބޭނުންވާ ތަކެތި
1. 1/4 ފަޅޯ
2. 1/2 ދޮންކެޔޮ
3. 1 ނުވަތަ 2 މޭޒުމަތީ ސަމްސާ ކިރު

ދޮންކެޔޮ ކޮޅާއި ފަޅޯ ކޮޅު އެއްކޮށް ޗަސްކޮށްލާފައި ކިރު ކޮޅާ އެއްކޮށްލާށެވެ. ފަޅޮލުގެ ބަދަލުގައި އަލުވި ކޮޅެއް ނުވަތަ އެވޮކާޑޯ ވެސް ބޭނުން ކުރެވިދާނެ އެވެ.

ތަރުކާރީ ބަތް
ބޭނުންވާ ތަކެތި
1. ދެ ސަމްސާ ހަނޑު
2. ކުޑަ ކެރެޓް ކޮޅެއް
3. 1 ސަމްސާ ރީނދޫ މުގު
4. ދެ ތޮޅި

ހަނޑޫ ކޮޅާއި މުގު ކޮޅު މަޑުވާން ކައިރިވުމުން ކެރެޓް ކޮޅާއި ތޮޅި ކޮޅު އެއްކޮށްލާ ކެއްކުމަށް ފަހު ގަރުދިޔަ (ލޮނު ނުލާ ކައްކާފައިވާ) އަދި މަސްކޮޅަކާއެކު މިކްސަރަށް އަޅާ އޮލަކޮށް ގިރާލުމަށް ފަހު ދަރިފުޅަށް ކާންދޭށެވެ.
ތަރުކާރީ ބަތް ތަފާތު އެކި ތަރުކާރީ، މުގު އަދި މަސް ނުވަތަ ބިސް ހިމަނައިގެން ވެސް ހެދިދާނެ އެވެ.
ކުޑަކުދިން ސިއްހަތު
ހިޔާލު