Anhen fandiyaarunge massalaiga Zaid ah challenge eh!
image
ޝެއިހް ހުސެއިން ރަޝީދާއި އަލީ ޒައިދު--
2 ކޮމެންޓް
 

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެކަން ސާބިތުކޮށްދީފި ނަމަ ޝެއިހް ޒައިދުގެ ނޯކަރަކަށް ހުންނަވާނަން: ޝެއިހް ހުސެން

އިސްލާމް ދީނުގައި އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެކަން ގުރުއާނާ ސުންނަތުން ސާބިތުކޮށްދީފި ނަމަ ޝެއިހް އަލީ ޒައިދުގެ ނޯކަރަކަށް ހުންނަވާނެ ކަމަށް ވިދާޅުވެ ޝެއިހް ހުސެއިން ރަޝީދު، ޒައިދަށް ޗެލެންޖު ކުރައްވައިފި އެވެ.
ޝެއިހް ހުސެއިން ރަޝީދު މިއަދު ޓްވިޓާގައި ވަނީ ދީނޭ ކިޔައިގެން މީހުންނަށް އޮޅުވާލަން މަސައްކަތް ނުކުރުމަށާއި ޓީވީ ބަހުސަކަށް ވަޑައިގަތުމަށް ޒައިދަށް ދައުވަތު ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.

ގުރުއާނާ ސުންނަތުން އަންހެނުންނަށް ގާޒީކަން ނުކުރެވޭނެ ކަމަށް ސާބިތުކޮށްދީފި ނަމަ ޒައިދުގެ ނޯކަރެއްގެ ގޮތުގައި ހުންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ހުސެއިން ރަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް އެދިވަޑައިގެންފައި ވާއިރު ޖޭއެސްސީން މިހާރު ވަނީ އެ ދެ ފަނޑިޔާރުންނަށް ރުހުން ދީފަ އެވެ.

އެކަމަކު އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ.
ހިޔާލު

ޙެއްރަބޭ

މައުމޫނު ވަރު ބޭފުޅެއް ހަމަނެތް.

އާންމުން

ތީ ނޯކަރަކަށްވެސް ކަމުދާނެ މީހެއްނޫން.