Defence Chief inn ge bahdhaluvumuga Shamal baiverive vadaigenfi
image
ޖެނެރަލް އެންގަސް ކޭމްޕްބެލް އާއި މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް--
މިއުނާ ހަސަން
0 ކޮމެންޓް
 

ތައިލެންޑުގައި އޮތް ޑިފެންސް ޗީފުންގެ ބައްދަލުވުމުގައި ޝަމާލް ބައިވެރިވެވަޑައިގެންފި

އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސްގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިމަހުގެ 26 އިން މިއަދުގެ ނިޔަލަށް ކުރިއަށްދާ ކޮންފަރެންސްގައި، ދުނިޔޭގެ 33 ގައުމެއްގެ އަސްކަރިއްޔާއަށް ނިސްބަތްވާ ޗީފް އޮފް ޑިފެންސްގެ މަގާމު ފުރުއްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮންފަރެންސްގެ ހަވާސާގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ މިމަހުގެ 26 ވަނަ ދުވަހު އޮސްޓްރޭލިއަން ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އެންގަސް ކޭމްޕްބެލްއާ ބައްދަލުކުރައްވާފަ އެވެ.

އެ ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ ކޮންފަރެންސަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެ އެވެ.

ސްރީލަންކާއަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ އެ ދަތުރަކީ، މާދަމާ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ފެށުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަ" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރެކެވެ.

ތައިލެންޑާއި ސްރީލަންކާއަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.
އެމްއެންޑީއެފް
ހިޔާލު